20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކައުންސިލް އިންތިހާބު

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

  • އަލުން އިންތިހާބް ބޭއްވުމަށް އިއުލާން ކުރީ ކޯޓުގެ ހުކުމާ ހިލާފަށް
ސަހުބާން ފަހުމީ | sahubaan

| 13 ޖެނުއަރީ 2017 | ހުކުރު 00:44 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


އިންތިހާބެއްގައި މީހަކު ވޯޓްލަނީ -- އާކައިވް

ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އަލުން އިއުލާން ކޮށްފައި ވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.

ރައީސް މައުމޫން ފެކްޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހު އާ އިންތިހާބެއް ބާއްވަން އިއުލާންކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ވެސް ހިލާފަށް ކަމަށެވެ.

މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް އިއުލާންކޮށް އަލުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިން އެތައް މަސައްކަތަކުން ކުރިމަތިލާފައިވާ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ޙައްޤުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށެވެ.

ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ގޮތަށް ލޯކަލް ކައުންސިލު އިންތިޚާބު ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބާއްވަން އިޢުލާން ކުރުމަށްފަހު، ވަކި ބަޔަކަށް މަންފާތަކެއް ލިބޭ ގޮތަށް ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓާލުމަށް މައުމޫން ފެކްޝަނުން ގޮވާލެވެ. އަދި އިންތިޚާބު ފަސްކުރުމަށް ބަޔަކު ރާވައިގެން ހިންގަމުން ދިޔަ ޢަމަލުތަކުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަދެ، ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް އިހުމާލުވަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ސަމާހު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް