16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނުރަސްމީ ގަޑި

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

  • ޑަސްބިން ދަމާފައި ދާން ކެރޭނެ ހެއްޔެވެ؟
  • އައްފާލްގެ ނުރަސްމީ ގަޑި ޕްރޮގްރާމް އޮންނާނީ އާދީއްތަ ދުވަހު 23:00 ގައި
މުހަންމަދު ވިސާމް | sampathmasiw

| 30 މެއި 2018 | ބުދަ 20:38 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ނުރަސްމީ ގަޑި ޕްރޮގްރާމްގެ ތެރެއިން: އައްފާލް ކުނިއުކުމުގެ މަސައްކަތުގައި -- ރާއްޖެއެމްވީ

އެއީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. އޭނާގެ މަސައްކަތަކީ އެޑީކޭ ހޮސްޕިޓަލް ހިންގުމެވެ. އެ ހޮސްޕިޓަލަށް މިއަދު ރައްޔިތުން އެ ކުރާ އިތުބާރަކީ ހަމަ ޔަގީންނުން ވެސް އައްފާލުގެ ވެސް ބުރަ މަސައްކަތުން ހޯދާފައިވާ އިތުބާރެވެ. ހޮސްޕިޓަލްގެ ހިންގުން ޙަރުދަނާކޮށް، ރައްޔިތުންނަން ޙިދުމަތް ދިނުމަށެވެ. ދައްކަން މިއުޅެނީ އައްފާލް އޭޑީކޭ ހޮސްޕިޓަލް ހިންގާ ވާހަކައެއް ނޫނެވެ.

ސުވާލަކީ މަގުމަތިން ކުނި ނަގާ މީހެއްގެ ވަޒީފާ އަށް އައްފާލް ފިޓްވާނެތޯއެވެ؟ ރަމަޟާން މަހު ހަވީރު ގޭގެ އަށް ކުނި ބަލާ ދާން އޭނާ ކެރޭނެ ހެއްޔެއެވެ؟ މަގުމަތީގައި ހުންނަ ކުނިތަށް ޑަސްބިނަށް އަޅައި، މަގުމަތީގައި ޑަސްބިން ދަމާފައި ދާން ކެރޭނެ ހެއްޔެއެވެ؟

ނުރަސްމީ ގަޑި ޕްރޮގްރާމްގެ ތެރެއިން: އައްފާލް ކުނިއުކުމުގެ މަސައްކަތުގައި

ރާއްޖެޓީވީ މިއަހަރުގެ ރަމަޟާން މަހު ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމުން މި ސުވާލުތަކުގެ ޖަވާބުތައް ލިބިގެންދާނެވެ. އަންނަ އާދީއްތަ ދުވަހު ގެނެސްދޭ "ނުރަސްމީ ގަޑީ"ގެ ޕްރޮގްރާމްގައި އައްފާލާ ހަވާލު ކުރާ މަސައްކަތަކީ ވެމްކޯގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހަކާ، މިފަދަ މަސައްކަތެއް ހަވާލު ކުރުމުން ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރިމަށް ތަފާތު މެސެޖްތަކެއް ގެނެސްދެވޭނެއެވެ. ނުރަސްމީ ގަޑީގައި ޕްރޮގްރާމްގެ މެހުމާނާ ހަވާލުކުރާ މަސައްކަތް ވަނީ ޗެލެންޖަކަށެވެ. އައްފާލް ކުނި ނެގުމުގެ މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާ އެކު މީސްމީޑިއާގައި އޭނާއަށާއި ރާއްޖެޓީވީ އަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. 

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގުބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އާއިލާ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ.

ނުރަސްމީ ގަޑި ޕްރޮގްރާމްގެ ތެރެއިން: އައްފާލް ކުނިއުކުމުގެ މަސައްކަތުގައި

ވޭތެވެދިޔަ ދެ ހަފްތާގައި ގެނެސްދިން ނުރަސްމީ ޕްރޮގްރާމްގައި މެހެމާނެންގެ ގޮތުގައި ބައިވެރިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި، ކުރީގެ ބަންޑާރ ނައިބު ދިޔާނާ ސައީދެވެ. ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސް މާރުކޭޓުގައި މަސްކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، ދިޔާނާ ވަނީ ދަތުރުވެރިންގެ މާރުކޭޓްގައި އަނބު ވިއްކަން މަސައްކަތް ކޮށްފައެވެ.

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރި މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތެވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލު އެކި ބޭފުޅުން ވަނީ ތަފަތު މަސައްކަތް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Azee

6 މަސް ކުރިން

yageen nujahaadheyne

0
0