20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް

 • ބާއްވަނީ އެތެރޭގެ އިންތިޚާބެއް
 • ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅޭނީ ފޯމު ހުށަހެޅުމުން
 • ފުލުހުން ފޮށި ގެންދިޔައި ނަމަވެސް ވޯޓުލުން ކުރިއަށް
އަހުމަދު މުހުސިނު | dhonbandaara

| 30 މެއި 2018 | ބުދަ 17:59 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ވޯޓު ފޮއްޓެއް ކަމަށް ބުނެ ބަހައްޓާފައިވާ ކޮންކްރީޓް މެޝިނަކާ އެކު ނިހާން ކުރެއްވި ޓްވީޓް -- އާކައިވް

"މާތް ކަލޯކޯ! ބަޔަކު މީހުން ދުނިޔެއިން މޮޔަވާނީ މިވަރަށް". މިއީ ކޮންކްރީޓް ގަށާ މެޝިނަކީ ވޯޓު ފޮއްޓެއްގެ ގޮތުގައި ކަނޑައަޅައި އެމްޑީޕީގެ ޖަގަހައެއްގެ ތެރޭގައި ބަހައްޓާފައި ހުރި ފޮޓޯއެއް އެޓޭޗް ކުރައްވައި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިންމަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ވާހަކައެކެވެ.

ނިހާން އެވިދާޅު ވަނީ ވަރަށް ބޮޑު ތެދެކެވެ. ހަމަ ހަޤީގަތުގައި ވެސް ބަޔަކު މީހުން މޮޔަވެއްޖެއެވެ. ދުނިޔެ އިން މޮޔަވެއްޖެއެވެ.

މީހަކަށް ތާއީދު އޮތް ވަރެއް ފެނިދާނެތީ ގަންނާ ކުރައްވާ ބިރުން ތެޅިފޮޅެވޭނީ ދެން މިހާވަރަށެވެ. ރޯމާ ދުވާލު ޔުނީފޯމުގައި ފުލުހުން ނެރެގެން މިގަތް ސަކަރާތުން ހީނހީނ ބަނޑުގައި ގޮށްލައިފިއެވެ. ރަމަޟާން މަހު ރޯދައަށް ތިއްބާ އެވެރިން ނެރެ ކޮޅުކޮޅުމައްޗަށް ދުއްވާ އެގަތްގަނޑަކުން ނުހީ ހުރެވޭނެ ހަމަ އެއްވެސް މީހަކު ނެތެވެ. ނިހާން އެވިދާޅުވާހެން ބަޔަކު މީހުން ދުނިޔެއިން މޮޔަވާނީ ހަމަ މިވަރަށެވެ.

އެތައް ބަޔަކު އެތައް އަމުރެއް ހޯދަން ކޮންމެ ދުވަހަކު ކޯޓަށް ހުށަހަޅާއިރު ވެސް މުއާލާތް ކެނޑިގެން ދާއިރު އެފަދަ އަމުރެއް ނުލިބި ކަންވެ ނިމޭ ވާހަކަ ދައްކަނީ މަދެއް ކޮށެއް ނޫނެވެ. ޝަރީއަތް ނިމި ހުކުމް ކުރާ މަރުހަލާގައި ވެސް ހުރި މައްސަލަތަކަށް އަހަރު ދެއަހަރު ވެގެން ދެއެވެ. އެކަމަކު ބަޔަކު މީހުން ބާއްވާ އެތެރޭގެ ޚިޔާލު ހޯދުމުގެ ވޯޓެއް ހުއްޓުވައިދިނުމަށް ވަގުތުން އެނެރެލީ ބޮޑުސިންގާ ވަގުތީ ކޯޓުއަމުރެކެވެ. މުޅި ރާއްޖެއަށް ނިސްބަތްކޮށެވެ. ނޫނޭވޭ ހަރަކާތްތެރިވެވޭނީ ތިޔަހާ ވަރަށެވެ. ނިހާނު ވިދާޅުވިހެން ކޯޓުތަކުން އެވަރުގެ މޮޔައެއް ވެދާނެ ކަމަކަށް މަށަކު ނުބުނާނަމެވެ.

ޓީވީ ރޭޑިޔޯތަކުން ވެސް އެއިން ޚަބަރެއް ގެނެސްދީފާނެތީ އެތެޅުނު ގޮތަކުން ވެސް ފޮށާގަނޑު ދޮންނަވަރަށް އަންނަނީ ހިންޏެވެ. ބްރޯޑްކޮމްއަކާއި އަނެއް ތަނަކުން ތިޔަދިން އިންޒާރު ފެނިފައި މީހުން އެތިބީ ހީނހީނ އަތްޖަހާލަ ޖަހާލައެވެ. ޓްވިޓަރ އާއި ފޭސްބުކް އާއި ދެންވެސް އެހެރަ މީސްމީޑިޔާގެ ވަސީލަތްތަކުން މިއަދު ކޮންމެ މީހެއްގެ އަތުގައި ޓީވީއެއް އޮންނަކަން ނޭނގޭނީ ވެސް ބަޔަކު މޮޔަވީމަތާއޭ ހިތަށް އެރީމާ މާބޮޑަށް ހިނިއާދެއެވެ.

ފުލުހުން ވެސް ދެނެކާ ދެނެއް ނެތެވެ. އެއްކަލަ ބަޔާން އިއްވުމުގެ ސްޓޭޖް ޝޯވއެއް ފަދަ ޕްރެސް ކޮންފަރެންސް އެފެށީ ބަސް ބުނި ހިނދުންނެވެ. މިފަހަރުވެސް ނޫސްވެރިންނަކާ ނޫސްވެރިންނެއް ދޫކޮށްލާފައެވެ. އަމިއްލައަށް ކިޔާނެ އެއްޗެއް ކިޔާފައި ނިންމާލީއެވެ. ގައިމު ފެބްރުއަރީ 1 ގައި ވެސް މި ގައުމުގައި ކޯޓު އަމުރެއް ނެރުނެވެ. ޕްރައިމަރީ ހުއްޓުވަން އަމުރު ނެރުނު ފަދަ ދަށު ކޯޓަކުން ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ފަހު ބަސްބުނާ އެންމެ މަތީ ކޯޓުގެ އިއްތިފާގުންނެވެ. ހުރިހާ ފަނޑިޔާރުން ސޮއިކުރައްވައެވެ. ނަމަވެސް ޕްރައިމަރީ ހުއްޓުވަން ތިޔަ އުޅުނުހެން ފުލުހުން ވެސް އުޅުނުތަނެއް ނުފެނުނެވެ. ގައިމު އަދިވެސް ފަސް ފަނޑިޔާރުން ސޮއިކުރި އަމުރު އެއޮތީ އޮތްތަނުގައެވެ. ޕޯޑިއަމަށް އަރައި ތަންފީޒެއް ކުރާނަމެކޭ ބުނާކަށް ނުކެރެއެވެ.

އެކަމަކު އަޖައިބުވީ އެންމެމަތީ ކޯޓުން ނެރުނު އަމުރު ތަންފީޒް ނުކޮށް ފަހަށްޖެހުނު ފުލުހުން ސިވިލް ކޯޓުން ނެރުނު އަމުރެއް ތަންފީޒް ކުރަން ވަގުތުން ފޫގަޅާފައި ނެރުނީތީއެވެ. އެއަމުރަކީ ސައްޙަ އަމުރެއްތޯއާ އެއަމުރު ނެރުނު ޤާޒީއަށް ލިބުނީ ކިތައް ފްލެޓްތޯ ބަލާކަށް ހިނދުކޮޅެއް ވެސް ނުނެގީތީއެވެ. ބަންޑާރަނައިބާ ޑިފެންސް މިނިސްޓަރު އަރުއްވާ ބަޔާނެއް ދެއްވަންދެން މަޑެއް ވެސްކޮށް ނުލައެވެ. މާލެއަށް އެކަންޏެއް ނޫނެވެ. ލޯންޗް ފަހަރުގައި ފުރަފުރައިގެން ރަށްރަށަށް ވެސް ފުލުހުން ފޮނުވީއެވެ. މީހުންގެ ގޯތިގެދޮރުގައި ހުރި ވޯޓުފޮށިތައް ކިހިލި ޖަހާލައިގެން ގެންދިޔައީއެވެ.

ނިހާން އެވިދާޅުވާހެން މޮޔަވާނީ މިހާވަރަށެވެ. އެކަމަކު އަހަރެން ވިސްނަވިސްނާ މޮޔަވީ މިވަރުން މި ޕްރައިމަރީ ހުއްޓުވަން އުޅުނު ސަބަބަކާ ހުރެއެވެ. މޮޔަނުވާވަރެއް ނޫނެވެ. މައްސަލައަކީ ނަޝީދު ކުރިމަތިލައިފާނެތީއެވެ. އެކަމަކު އަދި ނަޝީދު ކީއްކުރަން ހެއްޔެވެ. ކުރިމަތި ލުމަށް ފުރުސަތެއް ވެސް ހުޅުވައެއް ނުލައެވެ. ނަޝީދުގެ ކެންޑިޑެސީ ބަލައިގަނޭތޯ ފޯމު ހުށަހަޅަން ޖެހެނީ އެމްޑީޕީއަކަށް ނޫނީ ގ. ކެނެރީގެއަކަށް ނޫނެވެ. އިލެކްޝަންސް ކޮމިޝަނަށެވެ. ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގާ ޝަރުތު ހަމަވޭތޯ ނޫންތޯ ބެލޭނީ ވެސް ފޯމު ހުށަހެޅީމައެވެ. އެމްޑީޕީން ކޮންމެ އެއްޗެއް ކިޔަކަސް އަދި ހުށަހެޅިޔަކަސް ގޮތެއް ނުނިންމޭނެއެވެ. ނަޝީދަކަސް ޔާމިނަކަސް އަދި އައްމަކަޅޭއާ ޕައްލަންބެއަކަސް އެއީ ޝަރުތު ހަމަނުވާ މީހެއް ކަމަށް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެއަށް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި މިވަރަކުން ތެޅުނީމާ ނިހާނެއް ކަމަކު މޮޔަނުވާވަރެއް ނޫނެވެ. ބޮލެއް މައްޗަށް ހުރި ހަމަ ކޮންމެ މީހަކު ވެސް މިކަމާ މޮޔަ ނުވިއްޔާ ދެރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Heyo

9 މަސް ކުރިން

Mashah kaleymen maa moya. Kanda elhigen sharuthu hama nuvaa meehaku inthikhaabah kurimathi nulevey meehegge primary viyyaa thiya baavvanee

5
8
ސައްޕޭ

9 މަސް ކުރިން

!މިހާރުވެސް އެމްޑީޕީ ނަގަންބޭނުންވި ފޮޓޯ ނެގިއްޖެ، ، ތަމެން ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަންކޮށްކޮށް ތިބެވޭތޯ ބަލާ

11
2