14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ސަރުކާރުން ބިރު ދެއްކުން

ސަރުކާރު ހިންގަނީ ގޭންގް އުޞޫލުންނޭ މީހުން ކިޔަނީ ކިޔަންވެގެން!

 • ސަރުކާރުން ރައްޔިތުންނަށް ދަނީ ބިރުދައްކަމުން
 • މިނިވަން މުއައްސަސާތަކުން ސަރުކާރަށް އެކަމަށް އެހީވޭ
 • ސަރުކާރުން އެމި ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ
މިއުވާން މުހައްމަދު | Miuvaan

| 30 މެއި 2018 | ބުދަ 13:49 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
 8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ) އަދި ރައީސް ޔާމީން (ވ) -- ޓްވިޓަރ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގޭންގު އުޞޫލުން ހިންގާ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަަރުންނާއި، އިދިކޮޅު އިސް ބޭފުޅުން ވިދާޅުވަނީ ސަބަބެއް އޮވެގެންކަމަށް މިހާރު ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. މާފިއާ އުޞޫލުން ސަރުކާރު ހިންގަމުންދާއިރު، ސަރުކާރު އެކުލަވާލެވިފައިވަނީ މާފިއާ ހައިރާކީއަށް ކަމަށްވެސް މީގެ ތެރެއިން ބައެއް ފަރާތްތަކުން ބުނެއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގަނީ ގޭންގު އުޞޫލުންނޭ ބުނާ އެއް ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ދައްކާ ބިރެވެ. ގޭންގަކުން އެ ގޭންގެއް އޮޕަރޭޓްކުރާ ސަރަހައްދެއްގައި ދިރިއިޅޭ އާއްމުންނަށް ބިރު ދައްކައި، އެމީހުންގެ އާއްމު ދިރިއުޅުމަށް އުނދަގޫކުރާ މިންވަރަށް ސަރުކާރުން އެކަން ކުރާ ހިސާބަށް ގޮސްފައިވާކަމަށް ފެނެއެވެ. ސަރުކާރުގެ އިދާރާއާކުން  އާއްމު ރައްޔިތަކަށް، ސިޔާސީ ޕާޓީއަކަށް ނުވަތަ މިނިވަން މީޑިއާއަށް ބިރެއް ނުދައްކާ ހަފްތާއެއް ނުދެއޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެއެވެ. 

އަންގާރަ ދުވަހަކީވެސް އޭގެ ދުވަހަކެވެ. ހޯމް މިނިސްޓްރީއިން އަނެއްކާވެސް މިނިވަން މީޑިއާއަށް އިންޒާރު ދިނީއެވެ. ހުކުމް ތަންފީޒްކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްނުކުރަން އަންގައި، ފާޑެއްގެ އިންޒާރެއް ދީފިއެވެ. 

ފުރަތަމަ ކަމަކީ ޤައިދީންގެ ބަޔާންތައް މީޑިއާތަކުން ގެނެސްދެނީ އެމީހުންގެ ވަކީލުން މެދުވެރިކޮށެވެ. ވަކީލުން ދައްކާ ވާހަކަތައް ރައްޔިތުންނާއި ހަމަޔަށް ގެނައުމަކީ ކުށެއް ނޫނެވެ. ގަނޑެއްގައި އެއީ ކުށެކޭ ބަޔަކަށް ލިޔެވިދާނެއެވެ. އެހެނަސް، އެއީ ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު ކުށެއް ނޫނެވެ. އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ފިލައިގެން ފަރުބަދަތަކުގެ ހޮހަޅަތަކުގައި އުޅުނުއިރު އޭނާގެ އިންޓަވިއުތަކާއި ބަޔާންތަކާއި ޚަބަރުތައް ބައިނަލްއަޤްވާމީ މީޑިއާއިން ގެެނެސްދިނެވެ. އެޤައުމުތަކުގެ ސަރުކާރުތަކުން އެކަން މާބޮޑު މައްސަލައަކަށް ހަދައިގެން ނޫޅެއެވެ. އުސާމާ ބިން ލާދިންގެ މިސާލު ނަގަން ޖެހުނީ ހަޤީޤީ ޓެރަރިސްޓުންގެ ވާހަކަ ގެނެސްދޭންވެގެންނެވެ. މިއީ ހޯމް މިނިސްޓަރ އަޒްލީންއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ދަސްކުރައްވަން ޖެހޭ ކަންކަމެވެ.

އަނެއްކޮޅުން 2010ވަނަ އަހަރާއި ހަމަޔަށް މުޅި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ލަންކާގެ ތަމަޅަ ޓައިގަރުންގެ އިންޓަރވިއުތަކަކާއި އެމީހުންގެ ޚަބަރުތައް ޝަހީބް މަސައްކަތްކުރެއްވި ނޫހަކުން، ޝަހީބުވެސް ބައިވެރިވެވަޑައިގެން ޝާޢިއުކުރި ހަނދުމަ ޝަހީބު ނެތުނީތޯއެވެ؟ މިދައްކަނީ މުޅި ދުނިޔެއިން ޓެރަރިސްޓުންގެ ގޮތުގައި ބަލާ ބައެއްގެ ވާހަކަ ގެނެސްދިނުމަށް އޭރު ކުރެވުނު ނޫސްވެރިކަމުގެ މަސައްކަތެއްގެ ވާހަކައެވެ. ހަޤީޤީ ނޫސްވެރިކަމަކީ އެއީއެވެ. ގައިމު އެވަރު ހަނދުމަނެތޭހާ ޝަހީބުވެސް މުސްކުޅިފުޅެއް ނުވެއެވެ!

ސަރުކާރުން އެއީ ޤައިދީއެކޭ، ކުށްވެރިއެކޭ ބުނާ އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. އެމަނިކުފާނަށް ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ވިދާޅުވެވުނު ބަސްފުޅެއްގެ ސަބަބުން ސަރުކާރުގެ މީޑިއާއިން އެވާހަކަ ގެނެސްދިންއިރު، އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމަކަށް އޭރު ނުވީތޯއެވެ؟ 

ދައްކާ ވާހަކަ ދެކޮޅު ޖައްސާށެވެ. ސަރުކާރަށް ބަޔަކު އިތުބާރު ކުރާނީ ދައްކާ ވާހަކަ ދެކޮޅު ޖައްސައި، ގޭންގެއް އޮޕަރޭޓްކުރާ އުޞޫލު ދޫކޮށް، ޤައުމެއް ހިންގާ އުޞޫލުން ޤައުމު ހިންގައިގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް