20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

އެމްޓީޑީސީ

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ ދަށްވެ 40 ހާހަށްވުރެ ގިނަ ޑޮލަރުގެ ގެއްލުމެއް

 • މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 4.4 މިލިއަން ޑޮލަރު
 • 2016 ވަނަ އަހަރު، އާމްދަނީގެ ގޮތުގައި ލިބުނީ ހަ މިލިއަން ޑޮލަރު
 • ކުންފުނީގެ ދަރަނި ވަނީ 26.1 މިލިއަން ޑޮލަރަށް އަރައިފަ
އަހުމަދު މުހުސިނު | dhonbandaara

| 30 މެއި 2018 | ބުދަ 03:48 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އެމްޓީޑީސީގެ އަހަރީ ޢާއްމު ޖަލްސާއެއްގެ ތެރެއިން: މިދިޔަ އަހަރުވެސް ކުންފުންޏަށްވީ ގެއްލުން -- ގޫގުލް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އާމްދަނީ 26 ޕަސެންޓް ދަށްވެ، 40،941 ޑޮލަރު (631،310ރ)ގެ ގެއްލުމެއް ވެއްޖެ އެވެ. 

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) އެވެ. 2016 ވަނަ އަހަރު، އާމްދަނީގެ ގޮތުގައި ލިބުނީ ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) އެވެ.

ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއް ނުވާ އެމްޓީޑީސީން މިއަހަރުވެސް ހިއްސާދާރުންނަށް ފައިސާ ނުބެހުމަށް ވަނީ ނިންމާފައެވެ.

އެގޮތަށް ނިންމީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި އަހަރީ ޖަލްސާގައި ބައިވެރިވީ 39 ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ އަޣްލަބިއްޔަތުންނެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާގެ ފައިދާ ނުބަހާ ގޮތަށް ފާސްކުރީ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެ 93 ޕަސެންޓް ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދިނީ ހަތް ޕަސެންޓް މީހުންނެވެ.

ހިއްސާދާރުންނަށް ފައިދާ ނުބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ، ކުންފުނީގެ ހާލަތާއި، ކުރިމަގަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ޗެއާމަން އަލީ ނިޝާން ވިދާޅުވި އެވެ.

އެމްޓީޑީސީގެ ފައިދާ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބަކީ ކުއްޔަށް ނަގާފައިވާ ރަށްތައް ސަބްލީސް ކުރުން ފިޔަވައި އިތުރު ވިޔަފާރިއެއް ނުކުރުމުންނާއި ދ. އެނބޫދޫ އަދި އޮޅުވެލި (ނިޔާމަ ރިސޯޓު) ހެޑްލީސް ރައިޓްސް ވިއްކާލާފައިވުމުން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގެ ދަރަނި ވަނީ 26.1 މިލިއަން ޑޮލަރު (402.4 މިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް