19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ބާސްކެޓްބޯލް

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

  • އަމީންދީދީ އިންވިޓޭޝަނަލް ބާސްކެޓް މުބާރާތެއް ބާއްވާނީ
  • މި މުބާރާތުގައި މި ސަރަހައްދުގެ ޓީމުތައް ބައިވެރިވާނެ
ނާފިއު ރަޝީދު | NaphiuR

| 12 ޖެނުއަރީ 2017 | ބުރާސްފަތި 19:58 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން -- ފޭސްބުކް

އިންވިޓޭޝަނަލް ބާސްކެޓް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ނިންމައި ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ މި އަހަރުގެ ކަލަންޑަރު އިއުލާންކޮށްފި އެވެ.

ބާސްކެޓް އެސޯސިއޭޝަނުން މިއަހަރު ގިނަ މުބާރާތްތަކެއް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ އިރު، އިންވިޓޭޝަނަލް މުބާރާތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ނޮވެމްބަރު މަހު އެވެ.

އަމީންދީދީ އިންވިޓޭޝަނަލް ބާސްކެޓް މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި ސަރަހައްދުގެ ޓީމުތައް ބައިވެރިވާ އިރު، އެ މުބާރާތުގެ ނަމަށް ފަހަރުގައި ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މިދިޔަ އަހަރުގެ ކަލަންޑަރުގައިވެސް މިމުބާރާތް ހިމަނާފައި ވީނަމަވެސް، އެމުބާރާތް ބޭއްވިފައެއްނުވެ އެވެ. އެހެން ނަމަވެސް އެ މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީން އެބައޮތް ކަމަށް މިހާރުގެ ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނެ އެވެ.

ބާސްކެޓް އެސޯސިއޭޝަންގެ މިއަހަރުގެ ސީޒަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ސީޒަން ހުޅުވާ އެކްޒިބިޝަން މެޗެވެ. އެ މެޗު ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.

އަދި އެއަށްފަހު ދެން ފެށުމަށް ހަމަޖެހިފައި ވަނީ 3 ވަނަ އެމްބީއޭ ކަޕް ބާސްކެޓް މުބާރާތެވެ. ފެބްރުއަރީ މަހުގެ ފަހަކުން 27 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަސްވަނަ އިންޓަރ ސްކޫލް ތްރީ އޮން ތްރީ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މާޗު މަހުގެ ފަހަކުން 18 އަށެވެ. އަދި 19 ވަނަ އިންޓަރ ސްކޫލް ބާސްކެޓް މުބާރާތް އޭޕްރިލް މަހުގެ ހަތަރަކުން 28 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ރޯދަ މަހަށް ބްރޭކެއް ނެގުމަށްފަހު ޖޫން ހަވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފިރިހެން ދެވަނަ ޑިވިޝަނަށް އަމާޒުކޮށްގެން ބާއްވާ 36 ވަނަ ގައުމީ ބާސްކެޓް މުބާރާތެވެ. އަދި އެ މުބާރާތަށްފަހު ދެން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ފަސްވަނަ އިންޓަރ ކޮލެޖް ޔުނިވާސިޓީ ބާސްކެޓް މުބާރާތެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ޖުލައި މަހުގެ 9 އިން 22 ގެ ނިޔަލަށެވެ. އަދި އެއަށްފަހު ދެން ބޭއްވުމަށް ކަލަންޑަރުގައި ހިމަނާފައި ވަނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ގަވާމެންޓް އޮފީސް ކޮމްޕެނީ ބާސްކެޓް ޓޯނަމަންޓެވެ. މި މުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ 23 އިން އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕާއި 12 ވަނަ ގައުމީ ބާސްކެޓް ލީގު ވެސް މި ކަލަންޑަރުގައި ހިމަނާފައިވާ އިރު، އެމްބީއޭ ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮގަސްޓް މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ގައުމީ ބާސްކެޓް ލީގު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 15 އިން ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިރިހެން އެއްވަނަ ޑިވިޝަނަށް އަމާޒުކޮށްގެން ބާއްވާ 36 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތް މި އަހަރުގެ ފަހު ކޮޅަށް ހަމަޖައްސާފައިވާ އިރު، އެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 7 އިން 10 އަށެވެ.

މިއަހަރު އެންމެ ފާހަގަކޮށްލެވޭ މުބާރާތަކަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަމީންދީދީ އިންވިޓޭޝަނަލް ބާސްކެޓް މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްބީއޭގެ ކަލަންޑަރުގައި ހިމެނިފައިވާ މުބާރާތްތައް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައާއި ކުޅިވަރު އެކުވެނި ބޭރު ކޯޓުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް