26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފްރެންޗް އޯޕަން

ފްރެންޗް އޯޕަން: ޖޮކޮވިޗް އަދި ނަޑާލް ދެވަނަ ބުރަށް

  • ނަޑާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ސީދާ ތިން ސެޓުން އިޓަލީގެ ސައިމޮން ބޮލޭލީ ބަލިކޮށްގެން
  • ދެވަނަ ބުރުން ޖޮކޮވިޗް ޖާގަ ހޯދީ ފުރަތަމަ ބުރުގައި ބްރެޒިލްގެ ރޮޖޭރިއޯ ޑުޓްރާ ސިލްވާ ބަލިކޮށްގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 މެއި 2018 | އަންގާރަ 19:33 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރަފައޭލް ނަޑާލް -- ގެޓީ އިމޭޖާސް

ކްލޭ ކޯޓުގައި ކުޅޭ ހަމައެކަނި ގްރޭންޑް ސްލޭމް ކަމަށްވާ ފްރެންޗް އޯޕަންގެ ދެވަނަ ބުރުން ސާބިއާގެ ނޮވާކް ޖޮކޮވިޗް އަދި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

ނަޑާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ސީދާ ތިން ސެޓުން އިޓަލީގެ ސައިމޮން ބޮލޭލީ ބަލިކޮށްގެންނެވެ. މި މުބާރާތް ރެކޯޑް 10 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް މި މުބާރާތުގެ ސެޓުތައް ގެންދިޔައީ 6-4، 6-3 އަދި 7-6 އިންނެވެ.

ދެވަނަ ބުރުން ޖޮކޮވިޗް ޖާގަ ހޯދީ ފުރަތަމަ ބުރުގައި ބްރެޒިލްގެ ރޮޖޭރިއޯ ޑުޓްރާ ސިލްވާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް 20 ވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ގެންދިޔައީ 6-3، 6-4 އަދި 6-4 އިންނެވެ. މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރި ފަހުން ޖޮކޮވިޗްއަށް ގްރޭންޑް ސްލޭމްއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ޒްވަރޭވް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ލިތުއޭނިއާގެ ރިކާޑަށް ބެރަންކިސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް ޒްވަރޭވް ގެންދިޔައީ 6-1، 6-1 އަދި 6-2 އިންނެވެ.

ހަމައެހެންމެ އަށް ވަނައަށް ސީޑުކުރެވިފައިވާ ބެލްޖިއަމްގެ ޑޭވިޑް ގޮފިން ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ، އޭނާ ދެވަނަ ބުރަށް ދަތުރުކުރީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން ރޮބިން ހާސް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 6-4 އަދި 6-4 އިން ހާސް ގެންދިޔަ ނަމަވެސް ގޮފިން ވަނީ ފަހުން ކުޅުނު ތިން ސެޓު 6-4، 6-1 އަދި 6-0 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

އެހެން ނަމަވެސް މި މުބާރާތް 2015 ވަނަ އަހަރު ކާމިޔާބުކުރި ސްވިޓްޒަލޭންޑުގެ ސްޓަން ވަވަރިންކާ ވަނީ ފުރަތަމަ ބުރުން ކަޓާފައެވެ. އޭނާ މުބާރާތުން ކެޓީ ސްޕެއިންގެ ގާސިއާ ލޮޕޭޒް އަތުން ތިން ސެޓު ދެ ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ލޮޕޭޒް ގެންދިޔައިރު ވަވަރިންކާ ވަނީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ލޮޕޭޒް ވަނީ ހަތަރު ވަނަ ސެޓާއި ފަސްވަނަ ސެޓު 7-6 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މި ކުޅުންތެރިންގެ އިތުރުން ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަދި ޖަޕާންގެ ކެއި ނިޝިކޯރީ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް