24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ގެރެތު ބޭލް

ބޭލް ޓޮޓެންހަމްއިން ނުފެންނާނެ

  • މި ނިމުނު ސީޒަނުގައި ރެއާލްއަށް އޭނާ ކުޅެދީފައި ވަނީ ނިސްބަތުން މަދު މެޗުތަކެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 މެއި 2018 | އަންގާރަ 19:12 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ގެރެތު ބޭލް އަދި ރެއާލްގެ ކޯޗު ޒިދާން - ރެއާލްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ނުލިބޭ -- ގޯލް.ކޮމް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަލުން އެނބުރި ޓޮޓެންހަމްއަށް ނުދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބެންޗުން އަރާ ދެ ލަނޑު ޖެހުމަށްފަހު ބޭލް ވަނީ ރެއާލް ދޫކޮށްލާނެ ފަދަ އިޝާރާތެއް ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ބޭލްއަށް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިނުވާއިރު މި ނިމުނު ސީޒަނުގައި ރެއާލްއަށް އޭނާ ކުޅެދީފައި ވަނީ ނިސްބަތުން މަދު މެޗުތަކެކެވެ. އަނިޔާގެ ސަބަބުން ބޭލްއަށް ގިނަ މެޗުތަކެއް ގެއްލުނު އިރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޭލް ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ސޮއިކުރި ކޮންޓްރެކްޓްގެ ދަށުން އޭނާއަށް ޓޮޓެންހަމްއަށް ދަށް އަގެއްގައި ދިޔުމުގެ ފުރުސަތު އެބައޮތެވެ. މި ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު ކަމަށްވާއިރު އަލުން އެނބުރި ޓޮޓެންހަމްއަށް އޭނާ ގެންދިޔުމުގައި އެންމެ ބޮޑު ހުރަހަކަށް އޮތީ އޭނާގެ މުސާރައެވެ. ބޭލްއަށް މިހާރު ހަފްތާއަކު ހަތަރު ލައްކަ ރުފިޔާ ލިބޭއިރު މި އަދަދު ޓޮޓެންހަމްއަށް ދިނުމުގައި ބޮޑު ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ބެންޗުން އަރައި ލަނޑެއް ޖެހުމަށް ބޭލް ބޭނުންވީ 122 ސިކުންތެވެ. އޭނާ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޮވަހެޑް ކިކަށްވާއިރު ގިނަ ބަޔަކު ބުނަމުންދަނީ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގައި ފައިނަލްތަކުގައި ޖެހި ލަނޑުތަކުގެ ތެރެއިން އެންމެ ރީތި ލަނޑުތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެއް ކަމަށެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ބޭލް ބުނީ ކޮންމެ ހަފްތާއަކު ވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި މި ސީޒަނުގައި އެކި ސަބަބުތަކާ ގުޅިގެން އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ. އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވުމާ އެކު އޭނާގެ އޭޖެންޓާ އެކު މަޝްވަރާކުރާނެ ކަމަށާއި އެ މަޝްވަރާތަކަށް ފަހު އޭނާ ކުރިޔަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ.

ފައިނަލް މެޗަށްފަހު ބޭލް އެގޮތަށް ވާހަކަ ދައްކާފައިވާއިރު އޭނާގެ އޭޖެންޓް ވެސް ރެއާލްގައި އޭނާ މަޑުކުރާނެ ކަމާއި ގުޅިގެން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އަންނަ ސީޒަނުގައި ބޭލްއަށް ފުރަތަމަ އެގާރައިގެ ޖާގައެއް ޔަގީންނުވާނަމަ އޭނާ އަންނަ ސީޒަނުގައި ފެންނާނީ އެހެން ޓީމަކުން ކަމަށް ބެލެވެއެވެ.

ބޭލްގެ ބޮޑު މުސާރަ އޭނާއަށް ހުށަހެޅޭނީ މަދު ޓީމަކަށެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީގެ އިތުރުން ޔުވެންޓަސްއަށް ވެސް ބޮޑު މުސާރައެއް އޭނާއަށް ހުށަހެޅޭނެއެވެ. އެހެން ނަމަވެސް އޭނާ ފެންނާނީ އިނގިރޭސި ޓީމަކުން ކަމަށް ބެލެވެއެވެ.

އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު އޭރުގެ ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް 189 މެޗު ކުޅެދީ 88 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް