21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ހަސަން ލަތީފް

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

  • ނ އަތޮޅުގެ ރައްތަކުގެ ތެރެއިން ކުޑަފަރި އާއި މަނަދޫގެ އިތުރުން މިލަދޫ އާއި ވެލިދޫގެ ވަޑައިގަންނަވާނެ
  • ހުކުރު ދުވަހު ޅ ހިންނަވަރާއި ނައިފަރަށް ވަޑާއިގަތުމަށް ވަނީ ހަމަޖެހިފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ޖެނުއަރީ 2017 | ބުރާސްފަތި 19:29 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ހަސަން ލަތީފް ނ. ކުޑަފަރިހީގެ އާއްމު މެންބަރުންނާ ސަލާން ކުރަނީ -- ރާއްޖެއެމްވީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފް ނ. އަތޮޅުގެ ބައެއް ރައްތަކުގެ އެމްޑީޕީ ރައްޔިތުންނާއި ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފި އެވެ.

 

ގާނޫނީ ވަކީލު ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެއަތޮޅު ކުޑަފަރީ އާއި މަނަދޫގެ އިތުރުން މިލަދޫ އާއި ވެލިދޫގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

 

މި ބައްދަލުކުރެއްވުމުގައި އެރަށްރަށުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް އެމްޑީޕީގެ ފަރާތުނާއި ޓީމުން ވަނީ ޖަވާބުދާރީވެފަ އެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅޭ ގޮތުންނާއި އެމްޑީޕީގެ ހިންގުމާ ގުޅޭ ގޮތުން އާއްމު މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ދީފައެވެ.

 

މި ބައްދަލުކުރެއްވުންތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަސަން ލަތީފާ އެކު މި ދަތުރުގައި މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ

 

މިދަތުރުގައި ނ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރައްތަކުގެ އެމްޑީޕީ އާއްމު މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ވެއެވެ.

 

އެގޮތުން ހުކުރު ދުވަހު ޅ. ހިންނަވަރާއި ނައިފަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޮނިހިރު ދުވަހު އެއަތޮޅު ކުރެންދޫ އަށް ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.

 

އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ހަސަން ލަތީފު ޒިޔާރަތްކޮށްފައިވާ އިރު އޭނާ ވަނީ މާލޭގައި ވެސް އެމްޑީޕީގެ އާއްމު މެންބަރުންނާއި ބައްދަލު ކުރުމަށް ޑޯ ޓު ޑޯ ކެމްޕެއިނެއް ޖައްސާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް