25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ސާޖިއޯ ރާމޯސް

ރާމޯސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރުގެ މައްސަލައަކާއި ތިން ލައްކަ ސޮއި

  • އޭނާ އަތުން އެއް ބިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް ވަނީ ހުށަހަޅާފައި
  • އޭނާއާ ދެކޮޅަށް ހެދި ޕެޓިޝަނަކަށް ވަނީ ތިން ލައްކަ ސޮއި ލިބިފައި
  • ސަލާހުއަށް ރާމޯސް ގަސްތުގައި ދިން އަނިޔާއެއް ކަމަށް ގިނަ ބަޔަކު ބުނޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 މެއި 2018 | އަންގާރަ 17:03 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މެޗުގައި ސަލާހު އަދި ރާމޯސް ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މި މައްސަލަ ކޯޓަށް ވައްދާފައި ވަނީ މިސްރުގެ ގާނޫނީ ވަކީލެއް ކަމަށްވާ ބަސެމް ވަބާއެވެ. އޭނާ މި މައްސަލަ ކޯޓަށް ވެއްދީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މުހައްމަދު ސަލާހުއަށް ގަސްތުގައި ރާމޯސް ހަމަލާ ދިން ކަމަށް ބުނެ އެކަމުގެ ބަދަލު ހޯދުމަށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރާމޯސް އަދި ސަލާހު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ދެ ކުޅުންތެރިން އެއްކޮށް ވެއްޓުނު ވަގުތު ސަލާހުގެ ކޮޑުހުޅަށް އަނިޔާވިއެވެ. މި އަނިޔާގެ ސަބަބުން އޭނާ ދަނޑުން ބޭލިއިރު ގިނަ ބަޔަކު ބުނަމުން ދަނީ މި އަނީޔާ އަކީ ރާމޯސް ގަސްތުގައި ދިން އަނިޔާއެއް ކަމަށެވެ.

މި އަނިޔާގެ ސަބަބުން މިސްރުގެ ހުރިހާ ރައްޔިތުންނަށް ބޮޑު ދެރައެއް ލިބުނު އިރު ގިނަ ބަޔަކު ހީކުރީ ސަލާހުއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ސަލާހު ބުނެފައި ވަނީ އޭނާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ސަލާހު މިގޮތަށް ބުނި ނަމަވެސް މިސްރުގެ ރައްޔިތުން ދަނީ ރާމޯސްއާ ދެކޮޅަށް އަޑުއުފުލައި އޭނާ ސަސްޕެންޑް ކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ އޭނާއަށް ބައެއް މީހުން ވަނީ މަރުގެ އިންޒާރު ވެސް ދީފައެވެ.

މިސްރުގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން މި މައްސަލަ ހުށަހެޅި ބަސެމް ވަބާ ބުނީ އޭނާ ފީފާއަށް ވެސް މައްސަލަ ހުށަހަޅާފައި ވާނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގައުމެއްގައި ހުރި އެންމެ މޮޅު ކުޅުންތިޔާއަށް އަނިޔާ ކުރުމުން އޭގެ ބަދަލު ހޯދައިދިނުމަށް ކަމަށެވެ. އޭނާ ބުނީ ރާމޯސް ސަލާހުއަށް އަނިޔާ ދިނީ އެނގިހުރެ ކަމަށާއި އެކަމާ ގުޅިގެން އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށެވެ. މިސްރުގެ ރައްޔިތުންނާއި ސަލާހުއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ ބަދަލުގެ ގޮތުގައި ރާމޯސް އަތުން އެއް ބިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށް ވެސް ބަސެމް ވަބާ ބުނެފައިވެއެވެ.

އޭނާ ބުނީ ބަދަލުގައި ފައިސާ ލިބިއްޖެ ނަމަ އެ ފައިސާ ހަދިޔާކުރާނީ "ލޯންގް ލިވް އިޖިޕްޓް" ފަންޑަށް ކަމަށެވެ.

ހަމައެހެންމެ ރާމޯސްއާ ދެކޮޅަށް ޗޭންޖް ޑޮޓް އޯގްގައި ހަދާފައިވާ ޕެޓިޝަނަކަށް ވެސް މިހާތަނަށް ވަނީ ތިން ލައްކައަށް ވުރެ ގިނަ ސޮއި ލިބިފައެވެ. މި ޕެޓިޝަނުގައި ވެސް ވަނީ ފީފާ އަދި ޔުއެފާގެ ކިބައިން ރާމޯސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

މެޗުގައި ރެފްރީކަންކުރި މިލޮރާޑް މަޒިޗް އެ ހާދިސާއަކީ ފައުލެއްގެ ގޮތުގައި ދައްކާފައެއް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ވެސް ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއެއްގެ ސަބަބުންނެއެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނަށް ވާއިރު އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް