16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ލިއޮނެލް މެސީ

ޔޫރަޕުގެ އެހެން އެއްވެސް ޓީމަކަށް މެސީ ނުކުޅޭނެ

 • މެސީގެ މުޅި ކެރިއަރު ވޭތުކޮށްފައިވަނީ ބާސާގައި
 • އޭނާ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަަމާވާނީ 2021 ވަނަ އަހަރު
 • މެސީއަކީ މިހާރު ބާސާގެ ކެޕްޓަން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 މެއި 2018 | އަންގާރަ 16:39 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ލިއޮނެލް މެސީ -- ގެޓީ އިމޭޖާސް

ބާސެލޯނާއަކީ ޔޫރަޕުގައި ކުޅޭނެ އެންމެ ފަހު ޓީމު ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ބާސާގެ ޔޫތު ޓީމުން ތަމްރީންވި ފަހުން މެސީގެ މުޅި ކެރިއަރު ވެސް ވޭތުކޮށްފައިވަނީ ބާސެލޯނާގައެވެ. މެސީ ހޯދުމަށް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއިން މަސައްކަތްކުރާ ކަމަށް ކޮންމެ ޓްރާންސްފާ މާކެޓެއްގައި މަސައްކަތްކުރި ނަމަވެސް އޭނާ ބުނެފައިވަނީ ޔޫރަޕުގައި އޭނާ ކުޅޭނެ ހަމައެކަނި ޓީމަކީ ބާސެލޯނާ ކަމަށެވެ. މެސީ ބާސާއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ބުނީ އަބަދުވެސް އާޖެންޓީނާގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ބުނާ ކަމަށާއި އެކަން ވާނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ އެކަން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އާޖެންޓީނާގައި ފުޓްބޯޅަ ކުޅޭނަމަ ކުޅޭނީ ހަމައެކަނި އޭނާ ކުޑައިރު ކުޅުނު ޓީމު ކަމަށްވާ ނިއުވެލްސް އޯލްޑް ބޯއިސްއަށް ކަމަށެވެ. އޭނާ ބުނީ ނިއުވެލްސްއަށް ކުޅޭނީ ވެސް އެންމެ ހަ މަސް ދުވަސް ވަންދެން ކަމަށާއި ޔޫރަޕުގައި ކުޅޭނެ ހަމައެކަނި ޓީމަކީ ބާސެލޯނާކަން ޔަގީނުން ވެސް ބުނަން އެނގޭ ކަމަށެވެ.

މެސީ މިވަގުތު ހުރީ މިއަހަރުގެ ވޯލްޑް ކަޕަށްދާ އާޖެންޓީނާގެ ސްކޮޑާއެކުއެވެ. ގައުމީ ޓީމާއެކު އޭނާ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވެފައެވެ. މެސީއަށް އާޖެންޓީނާގެ ބަދަލުގައި ސްޕެއިންއަށް ކުޅުމުގެ ފުރުސަތު ވެސް ލިބުނެވެ. އެހެން ނަމަވެސް އޭނާ ނިންމީ އާޖެންޓީނާއަށް ކުޅުމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ ސްޕެއިންއަށް ކުޅެން ނިންމި ނަމަ އޭނާގެ އަތުގައި ވޯލްޑް ކަޕްގެ ރަން މެޑަލްއެއް އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް އިރެއްގައި ސްޕެއިންއަށް ކުޅެން ބޭނުންވާ ކަމަށެވެ. ބޭނުންވީ އަމިއްލަ ގައުމަށް ކުޅެން ކަމަށާއި އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރެވުން ވެގެންދާނީ ވަރަށް ހާއްސަ ކަމަކަށް ކަމަށެވެ. މެސީ ބުނީ ބާސާއާއެކު ހޯދިފައިވާ ތަށިތައް ދިނުމަށް ފަހު ވެސް އާޖެންޓީނާއާއެކު ތަށްޓެއް އުފުލާލާން ބޭނުންވާ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ކުޅެފައެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ.

މެސީ މިގޮތަށް ވާހަކަ ދައްކާފައިވާއިރު އޭނާ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބާސާއާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި މި ކޮންޓްރެކްޓްގައި ކަނޑައަޅާފައިވަނީ 700 މިލިއަން ޔޫރޯއެވެ. މެސީ ވަނީ ބާސާއަށް އޭނާ ކުޅުނު މެޗުތަކުގައި އެ ޓީމަށް 552 ލަނޑު ޖަހައިދީ 32 މުބާރާތެއްގެ ތަށި އެ ޓީމާއެކު އުފުލާލާފައެވެ. އަންދްރޭސް އިނިއެސްޓާ ބާސާ ދޫކޮށްލުމާއެކު މެސީއަކީ މިހާރު ބާސާގެ ކެޕްޓަން ވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކުޑޭ

6 މަސް ކުރިން

ނުވެސް ގެންދާނެ! ދެން ކިހިނެތް ކުޅޭނީ

0
0