18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ވައްކަން

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

  • ވަގަށް ގެންގޮސްފައިވަނީ ކުޑަ ތިޖޫރީގައިހުރި 11،000 އަށްވުރެ ގިނަ ރުފިޔާ އާއި 100 ޑޮލަރު
|

| 12 ޖެނުއަރީ 2017 | ބުރާސްފަތި 19:18 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ލ. ފޮނަދޫގައި ހުންނަ މީރާގެ އޮފީހުގެ ބިއްލޫރި ތަޅާލާފައި -- ރާއްޖެއެމްވީ ފޮޓޯ :

ލ. ފޮނަދޫ ހުންނަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ބްރާންޗްގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި އެވެ.

ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޮނަދޫގައި ހުންނަ މީރާގެ އޮފީސް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ބުރާސްފަތި ދުވަހުގެ ހެނދުނު 07:58 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް ބެލިއިރު އެ އޮފީހުގެ ބިއްލޫރިތައް ތަޅާލުމަށްފަހު އެ އޮފީހުގައި ހުރި ކުޑަ ތިޖޫރީއަކުން 11،000 އަށްވުރެ ގިނަ ރުފިޔާއާއި 100 އެއްހާ ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

 

އެނގިފައިވާގޮތުގައި މީރާގެ ފޮނަދޫ ބްރާންޗަށް ވަގަށް ވަދެފައިވަނީ އެ އޮފީހުގެ ކުޑަ ދޮރުތަކުގައި ޖަލާފައިވާ ބިއްލޫރިތައް ތަޅާލުމަށްފަހުގަ އެވެ.

ފުލުހުން ބުނީ އެމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް