19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ލިވަޕޫލްގެ ޓްރާންސްފާތައް

ލިވަޕޫލްއަށް ފަބީނިއޯ ގެންގޮސްފި

 • އޭނާ އެ ޓީމަށް ސޮއިކުރީ 45 މިލިއަން ޔޫރޯއަށް
 • ލިވަޕޫލްއިން އަންނަނީ އިތުރު ކުޅުންތެރިންނަށް ވެސް ފާރަލަމުން
 • ބްރެޒިލްގެ ސްކޮޑަށް ފަބީނިއޯ ނަގާފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 29 މެއި 2018 | އަންގާރަ 16:12 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
 3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
 4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
 5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
 6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
 7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
 8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ލިވަޕޫލްގެ ކޮންޓްރެކްޓްގައި ފަބީނިއޯ ސޮއިކުރަނީ -- ޔުއެފާ

މޮނާކޯއަށް ކުޅެމުންދިޔަ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ބަލިވިތާ 48 ގަޑިއިރު ނުވަނީސް އެ ޓީމުން އާ ކުޅުންތެރިޔަކު ގެނެސްފައިވާއިރު އޭނާ އެ ޓީމަށް ސޮއިކުރީ 45 މިލިއަން ޔޫރޯއަށެވެ. ހަމައެހެންމެ އެކިއެކި ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ލިވަޕޫލް އިން މޮނާކޯއަށް ދައްކާނެއެވެ. އޭނާ އެ ޓީމާ އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެ ޓީމާ އޭނާ ރަސްމީކޮށް ގުޅޭނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ.

ފަބީނިއޯ އެ ޓީމަށް ގެނެސްފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ގަދަވެފައިވާ ދަޑިވަޅެއްގައެވެ. ލިވަޕޫލާއެކު ޗާން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ފަބީނިއޯ ވަނީ އޭނާގެ ކެރިއަރުގައި ޑިފެންޑަރެއްގެ މަގާމަށް ވެސް ކުޅެފައެވެ. އެހެން ނަމަވެސް އޭނާ ފާހަގަކުރެވިފައި ވަނީ މޮޅު ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައެވެ. ލިވަޕޫލަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ފަބީނިއޯ ބުނީ ލިވަޕޫލް ފަދަ ބޮޑު ޓީމަކުން އޭނާ ހޯދުމަށް މަސައްކަތް ފެށުމުން ދެވަނަ ފަހަރަށް ވެސް ނުވިސްނާ ނިންމީ އެ ޓީމާ ގުޅުމަށް ކަމަށެވެ. ލިވަޕޫލާއެކު ތާރީހުން ޖާގަ ހޯދަން ބޭނުންވާ ކަމަށާއި އެ ޓީމާއެކު ވީހާ ވެސް ގިނަ ތަށި ކާމިޔާބުކުރަން ބޭނުންވާ ކަމަށް ފަބީނިއޯ ބުނެފައިވެއެވެ.

އޭނާ ބުނީ އަބަދުވެސް ލިވަޕޫލަށް ކުޅެން ބޭނުންވާ ކަމަށާއި ލިވަޕޫލަކީ ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެއް ކަމަށެވެ. އޭނާ ބުނީ ބޭނުން ވަނީ ލިވަޕޫލްގައި ހުރެގެން ކުރިޔަށްދާން ކަމަށާއި މިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް އެޓީމަށް ބަދަލުވާން ފުރުސަތު ލިބުނު ކަމަށެވެ.  

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަބީނިއޯއަކީ ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށާއި ދަނޑުމަތީގައި އެކި މަގާމުތަކަށް އޭނާއަށް ކުޅުމުގެ ގާބިލްކަން ލިބިފައިވުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހަމައެހެންމެ ފަރިތަކުރުންތަކާއި ޑްރެސިން ރޫމްގައި އޭނާގެ ކަންކަން ހުންނަ ގޮތް އެކި މީހުން ކިޔައިދީފައިވާ ކަމަށާއި މި ހުރިހާ ވާހަކަތަކުން ވެސް އެނގިގެންދަނީ އޭނާއަކީ ވަރަށް ދުރަށް ދަތުރުކުރާނެ ކުޅުންތެރިއެއް ކަމަށް ކްލޮޕް ބުނެފައިވެއެވެ.

ފަބީނިއޯގެ އިތުރުން ޖަރުމަނުގެ އާރްބީ ލީޕްޒީގްއަށް ކުޅެމުން އަންނަ ނަބީ ކެއިޓާ ވެސް އަންނަ ސީޒަނުގައި ފެނިގެންދާނީ ލިވަޕޫލްއިންނެވެ. ލިވަޕޫލް އަންނަނީ ލިޔޯންގެ މިޑްފީލްޑަރު ނަބިލް ފެކިރް އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ކްރިސްޓިއަން ޕުލިސިޗްއަށް ވެސް ފާރަލަމުންނެވެ.

މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ދެވަނަ މޮނާކޯއިން ހޯދިއިރު އެ ޓީމުގައި ފަބީނިއޯ މުހިންމު ދައުރެއް އަދާކުރި ނަމަވެސް އޭނާއަށް ވޯލްޑް ކަޕަށް ގެންދާ ބްރެޒިލްގެ 23 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ. ފަބީނިއޯ ވަނީ މޮނާކޯއަށް އޭނާ ކުޅުނު ފަސް ސީޒަނުގައި 225 މެޗު ކުޅެދީ 29 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް