14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ގެޓްސެޓް ލޯން

ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

  • މިއީ ގެޓްސެޓް ލޯނަށް ކުރިމަތި ލުމަށް ހުޅުވާލާ ތިންވަނަ ބުރު
  • ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު، 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށް
  • ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދެއް
އަމްނާ އިމާދު | @amnabinthimad

| 29 މެއި 2018 | އަންގާރަ 15:41 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން... -- ފޮޓޯ : މުހައްމަދު ޝަރުހާން

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން "ގެޓްސެޓް"ގެ ނަމުގައި ކުރިއަށް ގެންދާ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ މިއީ ގެޓްސެޓް ލޯނަށް ކުރިމަތި ލުމަށް ހުޅުވާލާ ތިން ވަނަ ބުރު ކަމަށާއި، ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު، 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށް ކަމަށެވެ. ކޮންމެ ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމަށް ވެސް ހުށެހެޅޭނެ ކަމަށް މާހިލް ވިދާޅުވިއެވެ.

ލޯނަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުން، ޖޫން 24 އިން 28 ގެ މެންދުރު ފަހު 14:00 އަށް ކުރިއަށް ދާނެ ކަމަށާއި، ޕްރޮޕޯޒަލް ހުށަހަޅާނެ ޓެމްޕްލޭޓެއް ފޯމުގައި އެކުލެވޭނެ ކަމަށެވެ.

މާހިލް ވިދާޅުވީ ފޯމް ބަލައިގަތުން ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އިމާރާތުގެ އިތުރަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި ހިންގާ ބިޒްނަސް ސެންޓަރުތަކުން ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މާހިލް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިދެނީ ގާތްގަނޑަކަށް އެއްމަސް ރައްޔިތުންނަށް ތައްޔާރުވަން އެނގޭތޯ. ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތަށް މަޑު ކުރައްވަން ނުހައްދަވާ ވަގުތު އޮއްވާ އެޕްލިކޭޝަން ފޯމް ސަބްމިޓް ކުރައްވާ. ހުށަޅަންޖެހޭ ތަކެތި ފޯމްގައި ހުންނާނެ. ކޮންޕްލީޓް ނުވަންޏާ ފޯމް ބަލައި ނުގަންނާނެ. ވަގުތު އޮއްވާ އެކަން ކުރީމަ ރަނގަޅު ކޮށްގެން ފަހުން އައިސް އެކަން ކުރެވޭނީ" މާހިލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000ރ. އާއި 800،000 ރ. އާ ދެމެދުގެ އަދަދެކެވެ. ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކު ވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސާފައިވާއިރު، މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް