20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޑރ. ނާޒު

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

  • ޑރ. ނާޒުގެ ކްލިނިކުން އަލަށް ތައާރަފް ކުރި ހިދްމަތްތަކަކީ ޖެރިއެޓްރިކް ކްލިނިކް ފޮރ ފިޒިކަލް ސާރވިސަސް
  • ކެރިއާރ ޑިސިޝަން މޭކިންގ ކްލިނިކް އަދި
މުހައްމަދު ފަޒީން | phaxyn

| 12 ޖެނުއަރީ 2017 | ބުރާސްފަތި 18:31 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ޑރ. ނާޒުގެ މިޕްސަޓާރއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އާއިޝަތު އަލީ ނާޒުގެ ކްލިނިކް، މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި އެވެ.

 

ބުރާސްފަތި ދުވަހުގެ ހެނދުނު މިޕްސްޓާރގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެކްލިނިކުން އަލަށް ފެށި ތިން ހިދްމަތް ލޯންޗުކޮށް ދެއްވީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސައިން ހަލީމު (ކުޑަ ހުސެން) އެވެ.

 

މިޕްސްޓާރއިން އަލަށް ފެށި ހިދްމަތްތަކަކީ ޖެރިއެޓްރިކް ކްލިނިކް ފޮރ ފިޒިކަލް ސާރވިސަސް އާއި ކެރީއާރ ޑިސިޝަން މޭކިންގް ކްލިނިކްގެ އިތުރުން ސްޕޯޓްސް އެންޑް ލައިފްސްޓައިލް ކްލިނިކް އެވެ.

 

ޖެރިއެޓްރިކް ކްލިނިކް ފޮރ ފިޒިކަލް ސާރވިސަސްއަކީ ދުވަސް މީހުންނަށް ހަމަޖެހޭ ދިރިއުޅުމަކާއި ސިއްހަތު ދުޅަހެޔޮގޮތެއްގައި ބެހެއްޓުމާ ބެހޭ ގޮތުގައި ހިދްމަތްދޭ ކްލިނިކެކެވެ.

 

ކެރިއާރ ޑިސިޝަން މޭކިންގ ކްލިނިކަކީ ކުރިއަށް ދިއުމުގައި އެމީހަކަށް އެންމެ ރަނގަޅު ދާއިރާއަކީ ކޮބައިތޯ ކަނޑައެޅުމުގައި އެހީތެރިވެދޭ ކްލިނިކެކެވެ.

 

ސްޕޯޓްސް އެންޑް ލައިފްސްޓައިލް ކްލިނިކަކީ ދިރިއުޅުން މެނޭޖް ކުރާނެ ގޮތާއި މީހާގެ ސިއްހީ ކަންކަން ކުޅިވަރުގެ ތެރެއިން ކުރިއަށް ގެދާނެ ގޮތާ ބެހޭ ގޮތުން ހިދްމަތްދެވޭ ކްލިނިކެކެވެ.

މިޕްސްޓާރގައި އާ ޚިދުމަތްތައް ތައާރަފްކުރުން

 

އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހުސައިން ވިދާޅުވީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ކަންކަން ދިމާވާނެ ކަމަށާއި ދިމާވާ ނޭދެވޭ ކަންކަމުން އަރައިގަތުމަށް ވަރުގަދަ އަޒުމެއް ބޭނުންވާނެ ކަމަށެވެ. ހުސައިން ވިދާޅުވީ ތިމާ ކުރިއަރަށް ބޭނުންވާ ކަންކަން ކުރުމުގައި އެއީ އިސްލާމް ދީނާއި ގާނޫނާއި ގަވާއިދާ ހިލާފު ކަމަކަށް ނުވާ ނަމަ ގޮތް ދޫނުކޮށް އެކަމެއް ހާސިލް ވަންދެން މަސައްކަތް ކުރުމަކީ ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމެއް ކަމަށެވެ. އަދި އޭރުން ކުރިއަށް ދިއުމަށް ހިތްވަރު ލިބި، ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ފަސޭހަ ވާނެ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް