17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރައީސް ޔަހްޔާ ޖަމްމޭހު

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

  • ރައީސް ޖަމްމޭހު ވިދާޅުވީ ގެމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 ޖެނުއަރީ 2017 | ބުރާސްފަތި 17:38 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ރައީސް ޔަހްޔާ ޖަމްމޭހު -- ގޫގުލް

ގެމްބިއާގެ ރައީސް ވެރިކަމުން ފައިބައިވަަޑައިގަތުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުމަށް އިޖާބަ ނުދެއްވާނެ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔަހްޔާ ޖަމްމޭހު ވާހަކަފުޅުދައްކަވައިފިއެވެ.

ގެމްބިއާގެ ގައުމީ ޓީވީ މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޖަމްމޭހު ވިދާޅުވީ ގެމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

ގެމްބިއާގެ ރައީސް މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު ގެމްބިއާގެ ސިޔާސީ ހަލަބޮލިކަމާއި ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވުމަށް އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް، އިކޯވާސްގެ ލީޑަރުން އަންނަ ހުކުރު ދުވަހު އަނެއްކާވެސް ގެމްބިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިވަފުދުގެ ވެރިޔަކަށް ހުންނަވަނީ ނައިޖީރިއާގެ ރައީސް މުހަންމަދު ބުހާރީއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ރައީސް ޔަހްޔާ ޖަމްމޭހު ވަނީ ދެކޮޅު ހައްދަވާފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް