24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އެމްއައިބީ

އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

  • އޭޓީއެމް މެދުވެރިކޮށް ދުވާލަކު 20,000ރ. އާ ހަމައަށް ފައިސާ ނެގޭނެ
  • އޭޓީއެމް ހުޅުވާފައި ވަނީ ހުޅުލޭ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި
ސިމާހާ ނަސީމް | sim_kamana

| 28 މެއި 2018 | ހޯމަ 16:58 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވި އޭޓީއެމް -- މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޯމަ ދުވަހު ހުޅުވައިފިއެވެ.

އެ އެޓީއެމް ހުޅުވައިދެއްވީ އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ އަދި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާއެވެ.

އަހުމަދު ރިޒާ ވިދާޅުވީ އޭޓީއެމް ހުޅުވުމުގެ މަޤްސަދަކީ އެއަރޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ފަސޭހައިން އެމްއައިބީގެ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ކަމަށާއި ދުވާލަކު20,000 ރ. އާ ހަމައަށް ފައިސާ ނެގޭނެ ކަމަށެވެ.

މި އޭޓީއެމް ހުޅުވާފައި ވަނީ ހުޅުލޭ ޑޮމެސްޓިކް ޓާމިނަލާ މާ ދުރު ނޫން ހިސާބެއްގައެވެ.

އެމްއައިބީ އިން ވަނީ މިއަހަރުގެ މެއި 8 ވަނަ ދުވަހު ފައިސާ މޮބައިލްގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ވެސް ލޯންޗުކޮށްފައެވެ. 

މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބެލެންސް ބެލުމާއި ޓްރާންސެކްޝަންގެ ހިސްޓްރީ ބެލުމާއި އެހެން ބޭންކްތަކުގެ އެކައުންޓުތަކަށާއި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގެ އިތުރުން ފައިނޭންސިންގ ފެސިލިޓީސްތަކުގެ ތަފްސީލާއި ޗެކް ފޮތުގެ ތަފްސީލް ބަލާލެވޭނެއެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޓައިމް މެގަޒިންގަވެސް

4 މަސް ކުރިން

ތިވާހަކަ ޓައިމް މެގަޒިންގަވެސް ޖަހަންވީނުން، ހޭބަލިވެފަ

0
0