21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފިނިގަދަވުން

ދުނިޔޭގެ އެންމެ ފިނި "އާބާދީ"

  • މީހަކު ވަޅުލުމަށް ވަޅެއް ކޮނުމަށް ވެސް އެތައް ދުވަހެއް ނަގާ
  • ކާރުތައް އަލުން ސްޓާޓް ނުވެދާނެތީ ހުންނަނީ ނިއްވާ ނުލައި
އަލީ ޔޫސުފް | AliYooosuf

| 12 ޖެނުއަރީ 2017 | ބުރާސްފަތި 17:07 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


މީހުން ދިރިއުޅޭ އެންމެ ފިނި ސަރަހައްދު: މި ތަނުގައި ފިނިހޫނުމިން 70ޑިގްރީ ސެލްސިއަސް އަށް ވެސް ތިރިވޭ. -- ގޫގުލް

އެ ތަނުގައި މީހަކު މަރުވެއްޖެ ނަމަ ވަޅެއް ކޮންނަން ތިން ދުވަސް ނަގައެވެ. މޯބައިލް ނެޓްވޯކް މަސައްކަތެއް ނުކުރެއެވެ. ކެއިން ބުއިމަށް ބޭނުންކުރެވޭ ފަދަ އެއްވެއް ގަހެއް އެތަނުގައި ނުހެދެއެވެ. އެކަމަކު އެތަނުގައި ދިރިއުޅޭ މީހުންނަށް މަލްނިއުޓްރިޝަންގެ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ކާރުތައް ހުންނަނީ ނިއްވާ ނުލައެވެ. ނިއްވާލައިފި ނަމަ އަލުން ސްޓާޓް ނުވެދާނެތީއެވެ. މިއީ ރަޝިޔާގެ އޮއިމިއަކޮންއެވެ.

އޮއިމިއަކޮންއަކީ ދުނިޔޭގައި މީހުން ދިރިއުޅޭ އެންމެ ފިނި އަވަށެވެ. އެ ތަނުގެ ފިނި ހޫނުމިން އެވްރެޖް ގޮތެއްގައި އުޅެނީ 50 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ބޮޑަށް ފިނިހޫނުމިން ދަށަށް ގޮސްފައި ވަނީ 71.2 ޑިގްރީ ސެލްސިއަސްއަށެވެ. "ޕޯލް އޮފް ކޯލްޑް"ގެ ނަމުން މަޝްހޫރުވެފައިވާ އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ގަހެެއް ނުހެދެއެވެ. އެހެން ކަމުން އެ މީހުންގެ މައިގަނޑު ކެއުމަކީ އަހުގެ މަހާއި ރެއިންޑިއާގެ މަހެވެ. ބުއިމަށް ބޭނުންކުރަނީ ގެރީގެ ކިރު ކަމަށްވުމުން އެ މީހުންނަށް ބޭނުންވާ ނިއުޓްރިޝަން އެއިން ލިއްބައިދޭ ކަމަށް ވެއެވެ.

އޮއިމިއަކޮންގެ ރައްޔިތަކު ގެރިތަކެއްގެ ކައިރީގައި: އާންމު ކެއުމަކީ އަހާއި ރެއިންޑިއާގެ މަސް

އޮއިމިއަކޮންގެ އާބާދީއަކީ 500 މީހުންނެވެ. އެ އަވަށުގައި ހުންނަނީ އެންމެ ފިހާރައެކެވެ. މުޅި އާބާދީ އަށް ބޭނުންވާ ސާމާނު އެ ފިހާރައިން ލިބެއެވެ. އެ ތަނުގައި މީހުން އާބާދުވާން ފެށީ 1920 އަދި 1930ގެ އަހަރުތަކުގައި ރެއިންޑިއާ ޝިކާރަކުރަން ދާ މީހުން ފެން ހޯދުމަށް މަޑުކޮށްލާ ސަރަހައްދެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުންނެވެ. ނަމަވެސް ދާއިމީ ގޮތެއްގައި އެއީ އާބާދީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ ކޮންޓްރޯލްކުރަން އުނދަގޫ އަދި ޓެކްނޮލޮޖީއާ ދުރު ރަށްފުށު ހިސާބުގެ މީހުން ވަކިކޮށްލުމަށް ސޮވިއެޓް ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން އެތަނަށް ގެންދިޔުމުންނެވެ. އެންމެ ކައިރިން ދެން މީހުން ދިރިއުޅޭ ސަރަހައްދަށް ދެވެނީ ދެ ދުވަހުގެ ދަތުރަކަށް ފަހުއެވެ. އެ ސަރަހައްދުގެ ވެރިކަން ކުރާ ޔުކުޓްސްކްއަކީ ދުނިޔޭގެ އެންމެ ފިނި ސިޓީއެވެ.

އޮއިމިއަކޮންގެ ހަކަތަ އުފައްދާ ތަން: ބައެއް ދުވަސް ދުވަހު 5 ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހޭ

އެ ތަނުގައި ދިރިއުޅޭ ގިނަ އާއިލާތަކުން ހޫނުކުރުމަށާއި ކެއްކުމަށް އަދިވެސް ބޭނުންކުރަނީ ދަރާއި ދެއްޔެވެ. މީހަކު މަރުވެގެން ވަޅެއް ކޮންނަން ޖެހިއްޖެ ނަމަ ދަރު އަންދައިގެން ބިންގަނޑު މަޑުކޮށް ކޮނެއެވެ. މި ގޮތަށް މީހަކު ވަޅުލެވޭ ވަރަށް ވަޅެއް ކޮނެވެނީ ތިން ހަތަރު ދުވަހުންނެވެ.

ކަނޑުގެ ލޮނުގަނޑަށް ވުރެ 750 މީޓަރު އުހުގައި އޮތް އޮއިމިއަކޮންގައި އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ތެރޭގައި ދުވާލުގެ ވަގުތު ދެމިގެންދަނީ ތިން ގަޑިއިރަށެވެ. ހޫނު މޫސުމުގައި ދުވާލުގެ ވަގުތު 21 ގަޑިިރަށް ދެމިގެންދެއެވެ. ޖޫން، ޖުލައި އަދި އޯގަސްޓް މަހު ފިނިހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔަ ނަމަވެސް އަހަރުގެ ބޮޑުބައި ހޭދަކުރަނީ ފިނީގެ ތެރޭގައެވެ. ސްނޯގެ ސަބަބުން އެހެން ސަރަހައްދުތަކުގައި ސްކޫލްތައް ބަންދުކުރި ނަމަވެސް އޮއިމިއަކޮންގައި ސްކޫލްތައް ބަންދުކުރަނީ ފިނިހޫނުމިން 52 ސެލްސިއަސް އަށް ދަށަށް ދިއުމުންނެވެ. ބޯޓު ދެލި ފޯރުކޮށްދޭ ފަރާތްތަކުން ގަވައިދުން ދެލި ފޯރުކޮށްނުދެވޭ ދުވަސްވަރު ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓް ކަނޑާލަންޖެހެއެވެ.

އޮއިމިއަކޮންގެ ގެއެއްގެ ބޭރުގައި އުޅަނދެއް މަޑުކޮށްގެން: އުޅަނދުފަހަރު އަލުން ސްޓާޓް ނުވެދާނެތީ ބާއްވަނީ ނިއްވާ ނުލައި

ކިތަންމެ ފިނި ނަމަވެސް ގިނަ އިމާރާތްތަކުގައި ފާހާނާ އަދިވެސް ހުންނަނީ އިމާރާތުގެ ބޭރުގައި ވަކިންނެވެ. އާމްދަނީ ބިނާވެފައި ވަނީ ޒިޔާރަތްކުރާ ޝިކާރަވެރިންގެ މައްޗަށެވެ.

ފިނިހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އޮޅިގެން ވެސް މީހެއްގެ ބިއްލޫރިގަނޑެއްގައި މޫނު ފަދަ ތަނެއް ޖެހިއްޖެ ނަމަ ތަތްލައެވެ. ގަލަމުގެ ދެލި ހިކެއެވެ. ބެޓެރީގެ ޗާޖެއް ނުހިފައްޓައެވެ. ނެޓްވޯކް ލިބުނަސް އެހާ ފިނީގައި ފޯނު މަސައްކަތެއް ނުކުރެއެވެ. މި ހުރިހާ މައްސަލަތަކާ އެކު ވެސް އޮއިމިއަކޮންގެ ރައްޔިތުން ދިރިއުޅެމުން ދަނީ އުފަލުގައެވެ. އުމްރާނީ ގޮތުން ތަރައްގީތަކެއް ލިބިފައި ވިޔަސް ދުނިޔޭގެ ތަރައްގީ އާއި ތަހުޒީބާ ދުރުގައި އެ މީހުން އުޅެމުން ގެންދަނީ ހަމަޖެހިގެންނެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް