17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރޯޔަލް ވެޑިންގ

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

  • ޕްރިންސް ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތީ މޭ 19 ގައި
  • ހެރީއާއި މޭގަންގެ ކައިވެންޏަކީ ތާރީހުގެ ލިޔެވިގެންދާނެ ކަމެއް
  • ހޮލީވުޑް ތަރި، ގްރޭސް ކެލީ ވަނީ ޕްރިސް ރެެއިނިއަރ އޮފް މޮނާކޯއާ 1956 ވަނަ އަހަރު ކައިވެނި ކުރައްވާފައި
އައިޝަތު ޝާނީ | Shaaknee

| 28 މެއި 2018 | ހޯމަ 13:26 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް -- ގެޓީ އިމޭޖާސް

މޭ 19 ވަނަ ދުވަހު އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ރޭޗަލް މޭގަން މާކަލްއާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ކައިވެނި ކުރައްވާ، ޑިއުކް އޮފް ޑަޗަސް އޮފް ސަސެކްސްއަށް ވެގެން ދިޔައެވެ.

ޖުލައި 2016 ގައި ދިމާވި މި ދެ މީހުންގެ ލޯބީގެ ވާހަކަ ހެރީ ފުރަތަމަ ކަށަވަރު ކޮށްދެއްވާފައި ވަނީ އެ އަހަރު ފަހު ކޮޅެވެ. އެއީ ދެ މީހުންގެ ލޯބީގެ ވާހަކަ ފެތުރުމާ އެކު މޭގަންއަށް އައި ފާޑު ކިޔުންތަކަކާ ގުޅިގެންނެވެ.

ހެރީއާއި މޭގަންގެ ކައިވެންޏަކީ ތާރީހުގެ ލިޔެވިގެންދާނެ ކަމެއްކަން ކަށަވަަރެވެ.

ފުރަތަމަ ކަމަކީ އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރަކާ ކައިވެނު ކުރި ފުރަތަމަ އެމެރިކާ ރައްޔިތަކަށް މޭގަން ވެގެން ދިއުމެވެ. އެ ކަމަނާ އަކީ ކުރިން ކައިވެނި ބައްލަވާ ވަރި ކުރައްވާފައިވާ ފަރާތެއް އަދި ކަޅު ނަސްލަށް ނިސްބަތްވާ ފަރާތެއް ވެސް މެއެވެ. މީގެ އިތުރުން މޭގަން ހެރީއަށް ވުރެ އުމުރުން ދޮށި ވެސް މެއެވެ.

36 އަހަރުގެ މޭގަންއަކީ އެމެރިކާގެ ލޮސް އެންޖެލެސްގެ ކެލިފޯނިއާއަށް އުފަން ފަރާތެކެވެ. އެ ކަމަނާގެ ހޮލީވުޑްގެ ކެރިއާގައި ނަސްލީ އަދި ޖިންސީ ތަފާތު ކުރުމާ ދެކޮޅަށް ގެންދެވީ އަޑު އުފުއްލަމުންނެވެ. ދެ ކަމަކީ ވެސް އުމުރުން އެންމެ 11 އަހަރުން ފެށިގެން އެ ކަމަނާ އަޑު އުފުއްލަވަމުން ގެންދަވާ ކަންކަމެވެ.

އެގޮތުން، 'އަންހެނުންނަކީ ބަދިގޭގައި މަސައްކަތް ކުރަން ޖެހޭ ބައެއް' ގޮތަށް އިޝްތިހާރު ކުރި ޕީއެންޑްޖީއާ ދެކޮޅަށް މޭގަން 1993 ވަނަ އަހަރު އަޑު އުފުލިއެވެ. އިޝްހިތާރުގައި ޖިންސީ ތަފާތު ކުރުން ހުރިކަން ފާހަގަ ކުރައްވާ، އެމެރިކާގެ އޭރުގެ ފަސްޓް ލޭޑީ ހިލަރީ ކްލިންޓަން، ކުޑަ ކުދިންގެ ހަބަރު ގެނެސްދޭ ނިކް ނިއުސްގެ ލިންޑާ އެލަރބީ އަދި އެ ކުންފުންޏަށް މޭގަން ލިޔުއްވިއެވެ. އެންމެންގެ ފަރާތުން އެ ކަމަނާއަށް ޖަވާބެއް ލިބިލެއްވި އިރު، އޭގެ ތިން މަސް ފަހުން ޕީއެންޑްޖީގެ އިޝްތިހާރު ވަނީ ބަދަލުކޮށްފައެވެ.

މޭގަން އަބަދުވެސް ގޮވާލައްވާފައި ވަނީ "އަންހެނުން ގާތު އަޑު އުފުލަން ނުވަތަ އަޑެއް ހޯދަން ބުނުމުގެ ބަދަލުގައި އެންމެން ކައިރީ އަޑު އަހަން ބުނުމަށް"ށެވެ. ނަމަވެސް، މި ކަންކަމަކަށް ވުރެވެސް 'މުހިއްމީ' މޭގަންއަކީ އެމެރިކާ ރައްޔިތަކަށް ވުމާއި އެކަމަނާ މަސައްކަތް ކުރި ދާއިރާ އެވެ. ކައިވެނި ކުރަން ފިލްމީ ދާއިރާ ދޫކޮށްލި ނަމަވެސް އެއީ މޭގަންގެ ދުނިޔޭގައި ކިހާ މުހިންމު ބައެއް ކަން ކައިވެނީގެ ހަފްލާ ބަލާލިއަސް އެނގިގެން ދިޔައެވެ.

ޑިއުކް އެންޑް ޑަޗަސް އޮފް ކެމްބްރިޖް، ވިލިއަމްއާއި ކޭޓްގެ 2013 ވަނަ އަހަރުގެ ކައިވެނީގެ ހަފްލާ އެކޭ އެއްފަދައިން ހެރީއާއި މޭގަންގެ ކައިވެނީގެ ހަފްލާ ވެސް ވަނީ ލައިވް ކޮށްފައެވެ. އަދި ބޭބެގެ ކައިވެނި ހަފްލާއަށް ވުރެ އެތައް މިލިއަން ގިނަ އެމެރިކާ ރައްޔިތުން ވަނީ ހެރީގެ ކައިވެނި ބަލާފައެވެ.

ކުރިން ވެސް ފާހަގަކޮށްލި ފަދައިން، މިއީ އިނގިރޭސި ޝާހީ އާއިލާގެ ފަރާތެއް އެމެރިކާގެ ރައްޔިތަކާ ކައިވެނި ކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ އެމެރިކާގެ ރައްޔިތެއް، އެވެސް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނިސްބަތްވާ ފަރާތެއް، ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނި ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، ގްރޭސް ކެލީ ފާހަގަ ކޮށްލެވެއެވެ. ގްރޭސް ކެލީ އަކީ އެމެރިކާގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. 20 އަހަރުގައި ފިލްމީ ދާއިރާއަށް ވަތް ގްރޭސް އެ ދާއިރާއާ ވަކިވެފައިވަނީ އުމުރުން 26 އަަހަރުގައެވެ. އެއީ ޕްރިންސް ރެެއިނިއަރ އޮފް މޮނާކޯއާ ކައިވެނި ކުރެއްވުމަށެވެ. ދެ މީހުން ކައިވެނި ބައްލަވާފައި ވަނީ 1956 ވަނަ އަހަރެވެ. ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނު ބެއްލެވުމާ ގުޅިގެން، މޭގަންއާ އެއްފަދައިން، ގްރޭސްއަށް ވެސް ވަނީ ގިނަ ކަންކަމެއް ދޫކޮށްލަން ޖެހިފައެވެ.

ޕްރިންސް ރެއިނިއަރ އާއި ޕްރިންސަސް ގްރޭސް ކެލީ

އެކަމަނާ ދުނިޔެ ދޫކުރަށްވާފައިވަނީ 1982 ވަނަ އަހަރު، އުމުރުފުޅުން އެންމެ 52 އަހަރުގައެވެ. އާއިލާގެ ކައުންޓީ ހޯމްއިން އަނބުރާ މޮނާކޯއަށް ކާރުގައި ދަތުރު ކުރައްވަނިކޮށް އެކަމަނާއަށް ސްޓްރޯކެއް ޖެހި ވަޑައިގެންނެވިއެވެ. އަދި ކާރުގެ ކޮންޓްރޯލް އެކަމަނާއަށް ގެއްލުނެވެ. އެކްސިޑެންޓްގައި ލިބިލެއްވި އަނިޔާތަކުގެ ސަބަބުން އަނެއް ދުވަހު އެކަމަނާ ނިޔާވިއެވެ.

ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނި  ކުރެއްވި ފުރަތަމަ ހޮލީވުޑްގެ ތަރިއަށް މޭގަން ނުވީ އިރު، ފަހު ފަރާތަކަށް ވެސް އެކަމާ ނުވާނެކަމަށް ބެލެވެއެވެ. އަދި މިއަށް ވުރެ ދުނިޔެ ސިއްސުވާލާނެ 'ބަދަލު'ތައް ގެންނާނެ ކައިވެނިތައް އަދި އަންނަން އޮތީއެވެ.

މިހެން މި ބުނެލީ، ހޮލީވުޑްގައި މި ވަގުތު އެންމެ 'ހޮޓް' ހަބަރަކީ ލަވަ ކިޔުންތެރިޔާ ރިހާނާއާއި އާނާގެ ލޯބިވެރިޔާގެ ވާހަކަ އެކެވެ. އޭނާއަކީ ޝާހީ އާއިލާއަކަށް ނިސްބަތްވާ ފަރާތަކަށް ނުވި ނަމަވެސް، ކައިވެންޏަކާ ހިސާބަަކަށް ހިނގައްޖެ ނަމަ މުޅި ދުނިޔޭގެ ނަޒަރު އޮންނާނީ އެ ކައިވެންޏަށް ކަން ކަށަވަރެވެ. ސަބަބަކީ، ރިހާނާގެ ލޯބިވެރިޔާއަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރި ވެރިއެއްކަމަށްވާ ހަސަން ޖަމީލެވެ. ރިހާނާއަކީ ބާބެޑޯސްއަށް ނިއްބަތްވާ، ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ފަރާތެކެވެ.

ރިހާނާއާއި ހަސަން ޖަމީލް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުއްތު ސުވާމީ

6 މަސް ކުރިން

މޭގަން އަކީ ސުލެބުރެޓި އެއްތަ

0
0