21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކް

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

  • "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" އަކީ ދީޕިކާ ޕަޅުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު
އާލާ އިބުރާހިމް | aalu_aala

| 12 ޖެނުއަރީ 2017 | ބުރާސްފަތި 16:04 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ދީޕިކާއާ އެކު ވިން ޑީސަލް -- ގޫގުލް

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް ފޭބުމާއެކު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

 

ބޮލީވުޑް ޑީވާ، ދީޕިކާ ޕަދުކޯންގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް" ފިލްމުގައި ދެން ފެނިގެންދާ ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީސަލްއާއެކު ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ މުމްބާއީއަށް ދިޔައީ އިންޑިޔާގައި މިފިލްމު ޕްރިމިއާރ ކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާއަށެވެ. ފިލްމުގެ ތަރިން މުމްބާއީއަށް ފޭބުމާއެކު އިންޑިޔާގެ ސަޤާފީ އެކި ކުޅިވަރުތަކާއެކު، އެތައް ބަޔަކު ވަނީ އެ ތަރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

 

ވިން ޑީސަލް އާއި ދީޕިކާއާ އެކު އައި އެ ފިލްމުގެ ޓީމަށް މަރުޙަބާ ކިޔުމަށް އެއްވެފައި ތިބި މީހުންނާ އެކު ފޮޓޯއަކަށް ހުއްޓުމަށް ފަހު ވީއައިޕީ އެގްޒިޓުން ނުކުމެގެން އެ ޓީމު ސީދާ ދިޔައީ އެމީހުން މަޑުކުރުމަށް ހަމަޖެހިފައި ހުރި ސެންޓް ރެޖިސް ހޮޓަލަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިދަތުރުގައި ވިން ޑީސަލް ދުވަސްކޮޅަކު އިންޑިޔާގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އެ ދުވަސްތަކުގައި އޭނާގެ ފޭނުންނާ ބައްދަލުކުރުމުގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދޭން ވަގުތު ހުސްކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ވަކިން ޚާއްޞަކޮށް "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް އެކްސޭންޑަރ ކޭޖް" ގެ ގްރޭންޑް ޕްރިމިއަރ އަށް އޭނާ ވަނީ ތައްޔާރުވެފައެވެ.

 

ވިން ޑީސަލް މުމްބާއީއަށް ކުރި މި ދަތުރަކީ ހޮލީވުޑް ފިލްމެއް ޕްރޮމޯޓު ކުރަން ހޮލީވުޑް ތަރިން މަދުން ނަމަވެސް ކުރާ ދަތުރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދަތުރެއް ކަމަށް އިންޑިޔާގެ މީޑިއާތަކުން ބުނެއެވެ. މީގެ ކުރިން ޓޮމް ކްރޫޒް ވަނީ އޭނާގެ ފިލްމު "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" ގެ ޕްރޮމޯޝަނަށް އިންޑިޔާއަށް ޒިޔާރަތްކޮށްފައެވެ. އެ ފިލްމުގައި ބޮލީވުޑް ތަރި އަނިލް ކަޕޫރު ވެސް ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް