16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނެކްސްބިޒް

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

  • ނެކްސްބިޒް އަށް 15 މިލިއަން ޑޮލަރު ދިނުމަށް އެންގީ ޑިސެމްބަރު 19 ގައި
  • ސަރުކާރުން ނެކްސްބިޒް އެއްބަސްވުން އުވާލީ ދައުލަތަސް ގެއްލުން ބޮޑު ކަމަށް ބުނެ
  • ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި
  • އެއްބަސްވުން އުވާލުމުގައި ރައީސް ޔާމީނުގެ ދައުރު ބޮޑު
އަޒުމޫން އަހުމަދު | azmoon_ahmed

| 12 ޖެނުއަރީ 2017 | ބުރާސްފަތި 15:53 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނުން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް -- ގޫގުލް

ރާއްޖޭގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން މެލޭޝިއާގެ ނެކްޒްބިޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭގެ ބަދަލެއްގެ ގޮތުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި، އެންގުން އަދިވެސް ދިރާސާ ކުރަމުންދާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

 

އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލުމުގެ ސަބަބުން ނެކްސްބިޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެކުންފުންޏަށް ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަރުކާރަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

 

ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ބަންޑާރަނައިބު އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން އެ ނިންމުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ވަކީލުންގެ ރިވިއުއަށް ފަހު ރިޕޯޓް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

 

މޯލްޑިވްސް އިމިގްރޭޝަން ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒާއި ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ހެދި 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ އެއްބަސްވުން އުވާލާފައިވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެއްބަސްވުން އުވާލި އިރު، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުން 2012 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވެސް އެއްބަސްވުން އުވާލަން ނިންމި އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލީ، އެ އެއްބަސްވުމަކީ ދައުލަތަށް ގެއްލުން ބޮޑު އަދި ކުރިއަށް ނުގެންދެވޭނެ އެއްބަސްވުމެއް ކަމަށް ބުނެ އެވެ. އަދި ނެކްސްބިޒާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރާނެ ކަމަށް އެއިރުގެ ބަންޑާރަނައިބު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވެ އެވެ.

 

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް 20 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުން އުވާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ގޮތުގައި 268.6 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ހޯދުމަށް ނެކްސްބިޒް އިން ސަރުކާރަށް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުން ފައިސާ ދިނުމަށް ދެކޮޅު ހެދުމުން ނެކްސްބިޒް އިން ވަނީ ދިވެހި ސަރުކާރުގެ އަތުން 268.6 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލި މައްސަލައިގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާއިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހެދި އެއްބަސްވުން ވެސް ދިވެހި ސަރުކާރުން އުވާލީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އާބިޓްރޭޝަނުން ވަނީ ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން އަންގާފަ އެވެ.

 

ސަރުކާރުން މިހާރު ވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސް ކޮށްފަ އެވެ. ޖީއެމްއާރަށް ފައިސާ ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވުން 140 މިލިއަން ޑޮލަރު ނަގައިގެންނާއި އެއާޕޯޓް ކުންފުނިން ފައިސާ ނަގައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް