18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކްރިސްޓިއާނޯ ރޮނާލްޑޯ

ހުރިހާކަމަކީ ފައިސާ އަދި ތަށިތަކެއް ނޫން: ރޮނާލްޑޯ

  • މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ ރޮނާލްޑޯ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 މެއި 2018 | އާދީއްތަ 19:40 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ކްރިސްޓިއާނޯ ރޮނާލްޑޯ -- ޔުއެފާ

ރެއާލް މެޑްރިޑްގައި މަޑުކުރުން ބިނާވެފައި ވަނީ ފައިސާ ނުވަތަ ލިބޭ ކާމިޔާބީތަކަށް ނޫން ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލް އަތުން މޮޅުވި ފައިނަލްގައި އޭނާ ލަނޑެއް ނުޖެހި ނަމަވެސް 15 ލަނޑާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ ރޮނާލްޑޯއެވެ. އެހެން ނަމަވެސް އެ މެޗަށް ފަހު އޭނާ ވަނީ އެ ޓީމު ދޫކޮށްލާނެ ފަދަ އިޝާރާތެއް ދީފައެވެ.

ފައިނަލް މެޗަށް ފަހު ދަނޑުމަތީގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރޮނާލްޑޯ ވަނީ ރެއާލްއަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ޝަރަފުވެރި ފުރުސަތެއް ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ ވަގުތުކޮޅެއް ފަހުން ފޮކްސް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ އެގޮތަށް ވާހަކަ ދެކުވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް ބުނެފައެވެ.

ސްޕެއިންގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ މާސާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި ފަސް ޗެމްޕިއަންސް ލީގާއެކު އޭނާއަށް މިހާރު ތާރީހުގެ ސަފްހާތަކުން ވެސް ޖާގަ ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އެއްވެސް ކަމެއް ގެރެންޓީ ނުކުރެވޭނެ ކަމަށާއި ކުރިޔައް އޮތް ދުވަސްތަކުގެ ތެރޭ އޭނާއާ ގުޅޭ ގޮތުން އެކި ވާހަކަ ދެކެވޭނެ ކަމަށެވެ. ރޮނާލްޑޯ ބުނީ ލިބޭ ކާމިޔާބަކީ ހުރިހާ އެއްޗެއްގެ ގޮތުގައި ވެސް ބަލަން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް ކްލަބާ އެކު ހޯދިފައިވާ ކާމިޔާބުތަކަކީ ހަނދާނުން ފޮހެނުލެވޭނެ ކާމިޔާބުތަކެއް ކަމަށެވެ.

ރޮނާލްޑޯގެ މި ކޮމެންޓްތަކާ ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އޭނާ އެއްވެސް ހާލެއްގައި އެ ޓީމު ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ. ޕެރޭޒް ބުނީ ކޮންމެ މީހަކަށް ވެސް ބަސްބުނުމުގެ ހައްގު އޮންނާނެ ކަމަށާއި ކްރިސްޓިއާނޯ މިވަގުތު ރެއާލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ރޮނާލްޑޯ ބުނީ ޕެރޭޒް އާއި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއްވެސް މައްސަލައެއް ނެތްއިރު ވެސް މީޑިއާތަކުން އެކަން ސިފަކުރީ ވަރަށް ގިނަ މައްސަލަތަކެއް ހުރި ގޮތަށް ކަމަށެވެ. އޭނާ ބުނީ މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަށް ނުވިނަމަވެސް ތެދުވެރިވާން އޭނާ ބޭނުންވާ ކަމަށެވެ. އަދި ތެދު ބުނެވުނީތީ އެއްވެސް ވަރަކަށް ހިތާމަނުކުރާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

މި ސީޒަނުގައި ވެސް ރޮނާލްޑޯ 44 ލަނޑު ޖަހާފައިވާއިރު އޭނާއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ފަހުގެ ތާރީހެއްގައި ރެއާލް ހޯދި ކާމިޔާބީތަކުގައި ރޮނާލްޑޯގެ ބޮޑު ހިއްސާއެއް އެބައޮތެވެ. ރޮނާލްޑޯއަކީ ފަސް ޗެމްޕިއަންސް ލީގާއެކު އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި އެއް ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރޮނާލްޑޯ

6 މަސް ކުރިން

މީ ހެޔޮ މީހެެއް

1
0