17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މުހައްމަދު ސަލާހު

ސަލާހުގެ އަނިޔާ ގޯހެއް ނޫން، ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ އުއްމީދު ބޮޑު

  • ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 މެއި 2018 | އާދީއްތަ 19:00 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ފައިނަލްގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ވެސް ބޭލި -- ގެޓީ އިމޭޖާސް

މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބުނު އަނިޔާ އެހާ ބޮޑު ނޫން ކަމަށާއި އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް އޭނާ ފިޓުވާނެ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ސަލާހަށް އަނިޔާވީ 3-1 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސާޖިއޯ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ސަލާހު ވެއްޓުނު ވަގުތު އޭނާގެ އަތަށާއި ކޮނޑުހުޅަށް އަނިޔާވެފައިވެއެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް މެޗުގައި އިތުރަށް ނުކުޅެވުނު އިރު އޭނާ ވަނީ ދަނޑުން ބާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހުގެ އަނިޔާއަކީ ބެލެވޭ ގޮތުގައި ވަރަށް ސީރިއަސް އަނިޔާއެއް ކަމަށާއި އިތުރު މައުލޫމާތު ދެވޭނީ ޓެސްޓުތަކަށް ފަހު ކަމަށެވެ.

އެހެން ނަމަވެސް މިއަދު މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ލިވަޕޫލްގެ އޮފިޝަލުންނާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭނާގެ ކޮނޑުހުޅަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އަދި އެކްސްރޭތަކުން ފެންނަ ގޮތުގައި އޭނާގެ ކޮނޑުހުޅު ނެއްޓިފައި ނުވާ ކަމަށާއި ވޯލްޑް ކަޕަށް އޭނާ ފިޓުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް މިސްރުގެ އެފްއޭއިން ބުނެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ވެސް ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއެއްގެ ސަބަބުންނެއެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނަށް ވާއިރު އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށް މިސްރު ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން މިސްރު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ކުރިން މިސްރުގެ ގައުމީ ޓީމު ކޭމްޕް ކުރާނީ އިޓަލީގައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ކުރިން ކޮލޮމްބިއާ އަދި ބެލްޖިއަމްއާ ދެކޮޅަށް އެގައުމު ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް