14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ގެރެތު ބޭލް

ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު ބޭލް ރެއާލް ދޫކޮށްލަނީ؟

  • ފައިނަލުގައި ބޭލް ދެ ލަނޑު ޖެހި
  • އޭނާ ހޯދުމަށް ބަޔާން އަދި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 މެއި 2018 | އާދީއްތަ 18:39 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ވެލެޒިނީ ހައްޔަރު ކޮށްފި
  7. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ގެރެތު ބޭލް އޭނާގެ ހަތަރު ވަނަ ޗެމްޕިއަންސް ލީގު އުފުލާލަނީ -- ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް ކޮޅަށް ދެ ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ފަދަ އިޝާރާތެއް އެޓީމުގެ ފޯވާޑް ގެރެތު ބޭލް ދީފިއެވެ.

ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗު 3-1 އިން ރެއާލް ކާމިޔާބުކުރި އިރު އެ މެޗުގައި ބެންޗުން އަރާ ބޭލް ދެ ލަނޑު ޖެހިއެވެ. މި މެޗުގައި ވެސް އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައިނުވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެއެވެ. ވަކިން ހާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ބޭލް ބުނީ ކޮންމެ ހަފްތާއަކު ވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި މި ސީޒަނުގައި އެކި ސަބަބުތަކާ ގުޅިގެން އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ. އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވުމާ އެކު އޭނާގެ އޭޖެންޓާ އެކު މަޝްވަރާކުރާނެ ކަމަށާއި އެ މަޝްވަރާތަކަށް ފަހު އޭނާ ކުރިޔަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ. ބޭލް ބުނީ އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމުން ވަރަށް ދެރަވި ކަމަށާއި ފުރަތަމަ އެގާރައިން ޖާގަ ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ބޭލް ބުނީ ފުރަތަމަ އެގާރައިން ފުރުސަތު ނުދިމުން ދެން ބޭނުންވީ ބެންޗުން ކުޅެން އަރައި މެޗު ބަދަލުކޮށްލަން ކަމަށާއި އެކަން ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.

ބެންޗުން އަރައި ލަނޑެއް ޖެހުމަށް ބޭލް ބޭނުންވީ 122 ސިކުންތެވެ. އޭނާ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޮވަހެޑް ކިކަށްވާއިރު ގިނަ ބަޔަކު ބުނަމުންދަނީ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގައި ފައިނަލްތަކުގައި ޖެހި ލަނޑުތަކުގެ ތެރެއިން އެންމެ ރީތި ލަނޑުތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެއް ކަމަށެވެ.

އޭނާ ބުނީ ޓީމަށް ލިބުނު ކާމިޔާބާ އެކު ވަރަށް އުފާވެފައި ހުރި ކަމަށާއި ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު މި ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވެގެންގޮސްފި ކަމަށެވެ. ހަމައެހެންމެ ފައިނަލް މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ ކެރިއަރުގައި ވެސް ޖެހި އެންމެ ރީތި ލަނޑު ކަމަށާއި އެއީ ތާރީހުން އޭނާއަށް ޖާގަ ލިބޭނެ ލަނޑެއް ކަމަށް ބޭލް ބުނެފައިވެއެވެ.

މި މެޗުގައި ޖެހި ދެ ލަނޑާ އެކު ބޭލް ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ބެންޗުން އަރައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު އޭރުގެ ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް 189 މެޗު ކުޅެދީ 88 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް