21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރޯވި މަސްބޯޓް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

  • އެބޯޓުގައި 10 މީޙުން ތިބި، އެންމެންގެ ހާލު ރަނގަޅު
މުހައްމަދު ފަޒީން | phaxyn

| 12 ޖެނުއަރީ 2017 | ބުރާސްފަތި 14:30 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އެންއެންޑީއެފް ކޯސްޓްގާޑު އުޅަނދެއް -- ޓްވިޓަރ

އަންގާރަ ދުވަހުގެ ރޭ ރޯވެގެން އޮޔާދަނިކޮށް ފެނުނު ރާއްޖޭގެ މަސް ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

 

ވަގުތީ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރުކަމާ ހަވާލުވެހުންނެވި ކެޕްޓަން އިބްރާހީމް އާޒިމް ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެ ބޯޓުގައި ތިބީ 10 މީހުން ކަމަށާއި އެމީހުން މާލެ ގެނައުމަށް މސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ 10 މީހުން ނަގައިގެން މިހާރު މާލެއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

 

އާޒިމް ވިދާޅުވީ އެ 10 މީހުންނާއެކު ކޯސްޓްގާޑަށް މާލެ އާދެވޭނެ ކަމަށް ލަފާ ކުރެވެނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ ކަމަށެވެ.

 

އެމްއެންޑީއެފުން ބުނެފައި ވަނީ "މާކޮ ޕޯލޯ 2" ނަމަކަށް ކިޔާ އެ ބޯޓުން ދަތުރުކުރި 10 މީހުން ބުދަ ދުވަހުގެ ހަވީރު 16:30 ހާއިރު ފެނިފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވި "ސްޕެއަރ 10" ނަމަކަށް ކިޔާ ބޯޓަކަށް ކަމަށް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

 

އެބޯޓުގައި އެވަގުތު ތިބީ ދިވެއްސަކާއި އިންޑޯނޭޝިއާގެ 9 މީހެއް ކަމަށް ބޯޓުގެ ވެރި ފަރާތާ ހަވާލާ ދީ އެމްއެންޑީއެފުން ބުނެއެވެ.

 

ލޯންގްލައިން މަސްވެރިކަން ކުރާ އީ- ފިޝް މޯލްޑިވްސް ޕަރއިވެޓް ލިމިޓޭޑްގެ އެ ބޯޓު އޮތީ ގދ. ތިނަދޫ ހުޅނގުން   323ނޯޓިކަލް މޭލް ބޭރިގައި ކަމަށެވެ. އެއީ ދިވެހިރާއްޖޭ ސަރަހައްދަށް ވުރެ 43 ނޯޓިކަލް މޭލް ބޭރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

އެ ބޯޓު މިހާރު ވަނީ އެސަރަހައްދަށް އަޑިއަށް ގޮސްފަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް