17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މޯލްޑިވްސް ބިޒްނަސް އެވޯޑްސް

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

 • މޯލްޑިވްސް ބިޒްނަސް އެވޯޑްސް އަކީ ރާއްޖޭގައި އަލަށް ބާއްވާ އެވޯޑްސްއެއް
 • ބިޒްނަސް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް
 • މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައި
ސިމާހާ ނަސީމް | sim_kamana

| 27 މެއި 2018 | އާދީއްތަ 16:17 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
 8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ބްލޭޒަން އިންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ : ސިމާހާ ނަސީމް

ބްލޭޒަން އިންކްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ)ގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ބްލޭޒަން އޮފީހުގެ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަރުޝަދު ޒުހައިރު ވިދާޅުވީ އެމްބީއޭގެ އެވޯޑް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ ދިވެހިންގެ ހުނަރުވެރިކަން ނުވަތަ ފަންނު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށާއި އެމްބީއޭ އެވޯޑްސްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ވެބްސައިޓްwww.maldivesbusinessawards.mv  މެދުވެރިކޮށް އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްއެވެ.

ބްލޭޒަނުން އިތުރަށް ބުނީ އެވޯޑް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ކުންފުންޏަކަށް ވެސް އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަށް ފޯމް ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބްލޭޒަނުން ބުންޏެވެ.

އެވޯޑް ޑިޒައިން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7969666 އަދި 9993500 ނަންބަރަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ބްލޭޒަން އިންކް އަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައިވަނީ 2016 ވަނަ އަހަރުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް