23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރޯދަ އާއި ސިއްހަތު

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

  • ރޯދައަށް ހުންނަ އިރު ފަތިސް ނަމާދު ކޮށްގެން ހިނގާލުން އެދެވިގެންވޭ
ރިފްޤާ އަބްދުލް ވައްހާބް | R1phqa

| 27 މެއި 2018 | އާދީއްތަ 15:41 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އުމުރުން ދުވަސްވީ މީހަކު ރަސްފަންނު ޓްރެކްގައި ހިނގަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކު ވެސް ވަރަށް ބޭނުވާ ކަމެކެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ ބަރާބަރަށް ކަސްރަތު ކުރުމެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކަސްރަތު ކުރުމަކީ ޖިމަށް ދިޔުމެވެ. ނަމަވެސް، ތިމާ ދިރިއުޅޭ ގޭގައި، ނުވަތަ ކުޅިވަރު ކުޅޭ މައިދާނުގައި ވެސް ކަސްރަތު ކުރެވިދާނެއެވެ. ތަފާތު ވައްތަރުތަކުގެ ކުޅިވަރުތައް ކުޅުމާއި، ދުވުމާއި، ހިނގުން އަދި ބައިސްކަލް ދުއްވުން ފަދަ ކަންތައްތައް ވެސް ހިމެނޭނީ ކަސްރަތު ކުރުމުގެ ތެރޭގައެވެ.

ރޯދަ ނޫން ކަމުގައި ވިޔަސް ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކަސްރަތު ކުރުމުގައި އެންމެ އެދެވިގެން ވަނީ ވީހާ ވެސް ލުއި (މިސާލަކަށް: ޕުޝްއަޕް، ފްރޮންޓް ޕްލޭންކް) ކަސްރަތުތަކެވެ. ރޯދަ މަހު އެންމެ އެދެވިގެން ވަނީ ރޯދައަށް ހުންނަ އިރު ފަތިސް ނަމާދު ކޮށްގެން ހިނގާލުމެވެ. އަދި ރޯދަ ވީއްލުމުގެ 1 ގަޑި އިރު ކުރިން ލުއި ކަސްރަތެއް ކޮށްލުން ވެސް ހަމަ އެހާމެ މުހިންމެވެ.

ޕުޝް އަޕް - ޖިމްގައި

ރޯދަވީއްލާ ގޮތަށް ޖިމަށް ދިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރޯދަ ވީއްލުމުގައި އެލިބޭ ކެލޮރީސްތައް ވިރުވަން ދަތިވެ، ހަށިގަނޑުގައި ހުންނަ ހޯމޯންސްތައް ބެލެންސް ކުރަން އުނދަގޫވާނެއެވެ. ހަމައެއާ އެކު، އެހާ ދަންކޮށްފައި (ހާރުކައިގެން) ކަސްރަތު ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ރޯދަވީއްލުމުގެ އެއް ގަޑިއިރު ކުރިން ކަސްރަތު ކުރާ ކަމުގައި ވާނަމަ ރޯދަވީއްލާ ގަޑީގައި ލޮނު ޕެކެޓް ބޭނުން ކުރުން އެދެވިގެން ވެއެވެ.

ފައިދާތައް

  • ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތުކުރާ މީހުންގެ އުމުރު ދިގުވެފައި އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަވެއެވެ.
  • ކަސްރަތު ކުރުމުގެ ސަބަބުން ހަކުރުބަލި ޖެހުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން، ފަލަވުން އަދި މީގެ އިތުރުން ވެސް ތަފާތު އެތައް ނުރައްކާތެރި ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.
  • ރޯދައަށް ހުންނަ އިރު ކަސްރަތުކުރުމަކީ ހަކަތަ ލިއްބައިދޭ ކަމެކެވެ.
  • ކަސްރަތު ކުރުމުގެ ސަބަބުން މީހާ އަބަދު ވެސް ތާޒާކަންމަތީގައި ބަހައްޓައިދީ ކަންނެތްކަމާއި ރޯދަ ވަރުބަލިކަން ކަނޑުވައިދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް