23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސްރީލަންކާގެ މަސްބޯޓް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

  • އެ ބޯޓް ފެނިފައިވަނީ ހދ.މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން
  • ެއެ ބޯޓުގައި 4 މީހުން ތިބި، އެކަކުގެ ހާލު ސީރިއަސް
މުހައްމަދު ފަޒީން | phaxyn

| 12 ޖެނުއަރީ 2017 | ބުރާސްފަތި 14:05 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް -- ގޫގުލް

ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު، ހަތަރު މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނިއްޖެއެވެ.

 

އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ މަސްބޯޓެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ދިޔަ ކަމަށެވެ.

 

އެ މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް މި މަސްބޯޓު ފެނިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ހދ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ޙާލު ރަނގަޅު ކަމަށެވެ.

 

އެމްއެންޑީއެފުން ބުނީ އެ މަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން މިހާރު ދަތުރުކުރަމުންދާ ކަމަށެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހުގެ ރޭ 11 ޖަހާކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް