17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދެ އެކުވެރިންގެ މަރު

ދެ އެކުވެރިންގެ މަރާއެކު މުޅި ހޮޅުދޫއަށް މޮޅިވެރިކަން!

  • ހުސްނާ އަކީ ފަސް އަހަރުގެ ކުއްޖެއްގެ މަންމަ
  • ހުސްނާ އަކީ ކުޅިވަރަށް މޮޅު ޒުވާނެއް
  • މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 މެއި 2018 | އާދީއްތަ 10:54 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ހުސްނާ މުހައްމަދާއި އަހުމަދު އަދީލް -- ފޭސްބުކް

ދެ އެކުވެރިން ދަންވަރު ސައިކަލް ދުއްވާލަން ދިޔަ މަންޒަރު ނ. ހޮޅުދޫ މީހުންނަށް ފެނުނެވެ. މަންޒަރު ދުއް ބައެއް މީހުން ބުނި ގޮތުގައި ސައިކަލް ދުއްވަން އިނީ އެ ރަށު ގުލްދަސްތާގެ އުމުރުން 26 އަހަރުގެ ހުސްނާ މުހައްމަދެވެ. އޭނާގެ ފަހަތުގައި އިނީ އެ ރަށު ދޯންޏެއްގައި މަސައްކަތް ކުރާ ހޮޅުދޫ ވިނަރެސް އުމުރުން 26 އަހަރުގެ އަހުމަދު އަދީލެވެ.

މީހަކާ ވެސް އިނދިގެން އުޅޭ، އަދި ފަސް ވަރަކަށް އަހަރުގެ ދަރިއެއް ވެސް ހުންނަ ހުސްނާއާއެކު އަދީލު ދުއްވާލަން ނުކުމެ އުޅެނިކޮށް މެންދަމު 1:30 ހާއިރު ބަނދަރު ސަރަހައްދުގައި ނުރައްކާތެރި އެ އެކްސިޑެންޓު ހިނގި މަންޒަރު ވެސް އެ ރަށު ބައެއް މީހުންނަށް ފެނުނެވެ.

ހޮޅުދޫގައި ހިނގި އެކްސިޑެންޓް

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ އެ ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ވާޓަރާ ޖެހިގެން ގާ އަތުރައިގެން ހަދާފައި އޮންނަ ތަނުގައި ދުއްވާފައި ދަނިކޮށް ކަހާލައިގެން، ދެ މީހުން އެކުގައި މޫދަށް ވެއްޓިގެން ކަމަށެވެ. ސައިކަލަށް ލިބިފައިވާ ގެއްލުންތަކުން އެނގޭ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.

ހޮޅުދޫގައި ހިނގި އެކްސިޑެންޓް

ތޮށިގަނޑު މަތިން ސައިކަލު ކައްސާލައިގެން ގޮސްފައިވާއިރު، ދެ ޒުވާނުން ސައިކަލާއެކި މޫދަށް ވެއްޓިފައި ވަނީ ވާޓަރުގެ ހުރަސް ތޮށީގައި ސައިކަލް ޖެހިފައިކަން ފެންނަން ހުރި ނިޝާންތަކުން އެނގޭ ކަމަށް ނަސީރު ވިދާޅުވި އެވެ.   

އޭނާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި މަންޒަރު ބައެއް މީހުންނަށް ފެނިގެން ފުލުހުންނާއެކު ގޮސް ދެ މީހުންގެ ހަށިގަނޑު މޫދުން ނެގިއިރު ދެ މީހުންގެ ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. ހުސްނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށާއި އަދީލްގެ ހަށިގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ޒަހަމްތައް ހުރި ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ހުސްނާ މުހައްމަދު

އެ ދެ ޒުވާނުންގެ މަރާ ގުޅިގެން އާބާދީގައި 2000 މީހުން ދިރިއުޅެމުންދާ ހޮޅުދޫގެ ރައްޔިތުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މުޅި ރަށަށް ވަނީ މޮޅިވެރިކަން ވެރިވެފަ އެވެ. 

ހުސްނާ މުހައްމަދު

ރަށު މީހުން ބުނާ ގޮތުގައި އެ ދެ ޒުވާނުންނަކީ ދެ ރަހުމަތްތެރިން ކަމަށާއި ސްކޫލު ދުވަސްވަރުން ފެށިގެންވެސް އެ ދެ ޒުވާނުން އުޅެނީ އެކުގައި ކަމަށެވެ. ރަށުގެ ރައްޔިތުން ހުސްނާ ފާހަގަ ކުރަނީ ރަށުގައި ކުޅޭ ކުޅިވަރުތަކަށް މޮޅު ޒުވާނެއްގެ ގޮތުގަ އެވެ. އެގޮތުން ނެޓްބޯޅަ އާއި ބެޑްމިންޓަނާއި ފުޓްބޯޅަ އާއި ބަށި ފަދަ ކުޅިވަރުތަކުގައި ހުސްނާއަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ. އާންމުކޮށް ރަށުގައި ބާއްވާ އެފަދަ ކުޅިވަރު ތަކުގައި ވަރަށް ޖޯޝާ އެކު ބައިވެރިވާ ޒުވާނެވެ. އުރުމުން ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމައެއް ކަމަށްވާ ހުސްނާ ވަނީ ކުޅިވަރުތަކުގައި ކާމިޔާބު ވަނަތަކެއްވެސް ހޯދާފަ އެވެ. އޭނާ އަކީ ރަށުގައި އަބަދުވެސް ކަންކަމުގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ.

އަދީލަކީ އެރަށު އަބްދުލް ލަތީފާއި ޖަމީލާ މޫސާ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާއަކީ އެއާއިލާގެ ފަސް ވަނަ ކުއްޖާ އެވެ. އިރުފުށި ރިސޯޓްގެ ދޯންޏެއްގެ ކްރޫއަކަށް އުޅޭ އަދީލް އަކީ ވެސް ރަށުގެ ފުޓްބޯޅަ މުބާރާތްތަކުގައި އުޅޭ ޒުވާނެކެވެ. އެހެންވެ، މި ދެ ޒުވާނުންގެ ކުއްލި މަރާއެކު މުޅި ރަށުގައި ވަނީ މޮޅިވެރިކަމުގެ ސާލެއް ލެވިފަ އެވެ. 

"މިއީ ރަށުގެ އެންމެންނަން ލިބުނު ހިތާމައެއް. ވަރަށް ބޮޑު ހިތްދަތިކަމެއް މުޅި ރަށުގެ އެންމެންނަށް ވަނީ ކޮށްފައި،" ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްރާހް ވިދާޅުވި އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

aharen

9 މަސް ކުރިން

emmenves mikamun iburai nagaasheve. abadhuves ekugai ulhunee hiley firihenakaa ekugaeve. maruvedhiyaaves efadha haalehgaeve. dhen dheyny kon javaabeh thoaeve. dhenves hurihaa kudhin mikudhinnah faafa fuhsevun edhi dhuaa kuraa sheve. marakee mifadha ehchekeve. emyhehge aammu amaluge matheegai maru gendhevumakee aammu kamekeve. alhamen rahkaatheri kurahvaashi

6
1