16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ލާމަރުކަޒީނިޒާމު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

  • އިންތިހާބުތައް ނުބޭއްވުމަށް ފުރުސަތެއް ނުދޭނަން
  • މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު
  • ރިޔާސީ އިންތިހާބު ބޭއްވުމަށްވެސް ސަރުކާރުން ބޭނުމެއް ނުވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ޖެނުއަރީ 2017 | ބުރާސްފަތި 10:10 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ބުދަ ދުވަހުގެ ރޭ ގެނެސްދިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން -- ރާއްޖެއެމްވީ

ސަރުކާރާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން މަސައްކަތްކުރަނީ އިންތިހާބުތައް ލަސްކުރަން ނޫން ކަމަށާއި، އިންތިހާބުތައް ނުބޭއްވުމަށް ކަމަށް އެމްޑީޕީގެ އިޤްތިސާދީ ކޮމެޓީގެ ނައިބް މުޤައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖޭޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު އޮތް ހާލަތަށް ބަލާކަމުގައިވާނަމަ މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރުވާ ކަމަށެވެ. އަދި ހުރިހާ ހައްޤުތަކެއްވެސް ނިގުޅައިގަނެފައިވާ ކަމަށާއި، އެ ހައްޤުތައް ނިގުޅައިގަނެފައިވަނީ ރާއްޖޭގައި ތިއްބެވި ވެރިން ވޯޓު ހޯދުމަށް ރައްޔިތުންގެ ކައިރިއަށް ދިއުމަށް ޖެހިލުންވާތީކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަކީ 25 ޕަސެންޓްގެ ސަރުކާރެއް ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު، މި ސަރުކާރަށް 5 ޕަސެންޓް ރައްޔިތުންވެސް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ހަޤީޤަތުގައި މިވާގޮތަކީ، ބޭނުމެއް ނުވޭ، ޖެހިލުންވޭ ރައްޔިތުންގެ ކައިރިޔަށް ވޯޓަށް އަހަންދާން. އެހެންވީ މި ބޭފުޅުން ކޮންމެވެސް ބަހަނާއެއް ދެކުމަށްފަހު، އިންތިހާބުތަކާއި ކުޅެމުން އެގެންދަނީ" އަމީރު ވިދާޅުވި އެވެ.

 

އިތުރަށް ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ އިންތިހާބުތައް ރާއްޖޭގައި ނުބޭއްވުމަށް ކަމަށެވެ. އަދި އިންތިހާބުތައް ފަސްކުރަމުންގެންދަނީ މިހާރު ޤާނޫނުތައް ހުރި ގޮތުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2018 ގައި ރާއްޖޭގައި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ފުރުސަތު ނުދޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ފަރާތްތަކުންވެސް ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި، ހުދުމުތާރު ސަރުކާރު ބަދަލުކުރުމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް