20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޔުއެފާ ޗެމްޕިއަންސް ލީގު

ކާރިއަސްގެ ހަދިޔާތަކާއެކު ރެއާލްއިން ޗެމްޕިއަންސް ލީގުގެ ތަށި މިލްކުކޮށްފި

  • ލިވަޕޫލާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން
  • ރެއާލްގެ ދެ ލަނޑަކީ ލިވަޕޫލްގެ ކީޕަރުގެ އަތުން ހެދުނު ބޮޑު ގޯސްތަކަކުން ވަން ލަނޑުތަކެއް
  • މިއީ ފާއިތުވެދިޔަ ފަސް ސީޒަނުގައި އެ ޓީމުން މި ތަށި އުފުލާލި ހަތަރުވަނަ ފަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 މެއި 2018 | އާދީއްތަ 02:44 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ތަށި އުފުލާލަނީ -- ޔުއެފާ

ލިވަޕޫލްގެ ކީޕަރު ލޯރިސް ކާރިއަސް އަތުން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ރެއާލް މެޑްރިޑްއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

ޔޫކްރެއިންގެ ކިއޭވްގައި ހުންނަ އޮލިމްޕިސްކީ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ފުރަތަމަ އެގާރައެއް ކުޅެން އެރުވިއިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ލިވަޕޫލްއިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ލިވަޕޫލްގެ ޒުވާން ޑިފެންޑަރު އެލެކްޒެންޑާ އާނޯލްޑް ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ނަވާސް މަތަކުރިއިރު މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހު ވަނީ އަނިޔާވުމުގެ ސަބަބުން ދަނޑުން ބާލާފައެވެ. އޭނާގެ ކޮނޑުހުޅަށް އަނިޔާވީ ރާމޯސް ކުރި ޓެކުލަކާއި ގުޅިގެންނެވެ. އޭގެ ހަތް މިނެޓު ފަހުން ރެއާލްގެ ޑިފެންޑަރު ޑެނީ ކަވަހާލް ވެސް ވަނީ އަނިޔާވުމުގެ ސަބަބުން ދަނޑުން ބާލާފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ބެންޒޭމާ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ރެއާލްއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި އިސްކޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ވަނީ ލިވަޕޫލްގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. އޭގެ ތިން މިނެޓު ފަހުން ލިވަޕޫލްގެ ކީޕަރު ކާރިއަސް ދިން ހަދިޔާއެއްގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކަރިމް ބެންޒޭމާއެވެ.

މި ލަނޑަށްފަހު ލިވަޕޫލްއިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރިއިރު މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަދިއޯ މާނޭއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްއިން އަލުން އަނބުރާ މެޗުގެ ލީޑު ނެގިއިރު މި ލަނޑަކީ މާސެލޯގެ ހުރަހަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ގެރެތު ބޭލް ޖެހި ހިތްގައިމު ލަނޑެކެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް މާނޭ ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ވެސް ޖެހީ ބޭލްއެވެ. މި ލަނޑަކީ ވެސް ލިވަޕޫލްގެ ކީޕަރު އަތުން ހެދުނު ބޮޑު ގޯހެއްގެ ސަބަބުން އެ ޓީމު ކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ރެއާލްއިން ވަނީ ފާއިތުވެދިޔަ ފަސް ސީޒަނުގައި ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މި މުބާރާތުގެ ތަށި ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް އުފުލާލައި ތަށި މިލްކުކޮށްފައެވެ. ރެއާލްގެ ކޯޗު ޒިދާން ވެގެންގޮސްފައިވަނީ ބޮބް ޕެއިސްލީ އަދި ކާލޯ އަންޗެލޯޓީގެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު އުފުލާލި ފުރަތަމަ ކޯޗަށެވެ.

ރެއާލްގެ ތާރީހުގައި ވެސް އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި 13 ފަހަރު އުފުލާލާފައެވެ. މި އަދަދާއި އެއްވަރަށް އެހެން އެއްވެސް ޓީމަކަށް ތަށި ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް