26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފުލުހުންގެ އެލަވެންސް

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

 • ފުލުހުންގެ އެލަވެންސްތައް ބޮޑުކުރުމުން މަރުހަބާ ވިދާޅުވި
 • ސިވިސް ސާރވިސްގެ މުވައްޒިފުންގެ ތެރެއިން 10000 ރުފިޔާ ނުލިބޭ މުވައްޒިފުންނަށް އެލަވެންސް ދިނުމަށް ގޮވާލެއްވި
 • ފުލުހުންނަށް ލިވިންގ އެލަވެންސް ދިނުމަށްވެސް ނިންމާފައިވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ޖެނުއަރީ 2017 | ބުރާސްފަތި 08:16 | |

މަގުބޫލް

 1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފުލުހުންނަށްދޭ އެލަވެންސްތައް ބޮޑުކުރިއިރު، ސިވިލް ސާރވިސް މުވައްޒިފުނަށްވެސް އެލަވެންތައް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގޮވާލައްވައިފި އެވެ. 

ރިޔާޒް އެގޮތަށް ގޮވާލެއްވީ، ފުލުހުންނަށް ދޭ އެލަވެންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންނަށް ލިވިންގ އެލަވެންސް ދިނުމަށް ނިންމި ނިންމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. 

ރިޔާޒްގެ ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ، ފުލުހުންގެ އެލަވަންސްތައް އިތުރުކުރާގޮތަށް ހަމަޖެއްސުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އެއާއެކު ދިހަ ހާސް ރުފިޔާއަށްވުރެ މަދުން މުސާރަ ލިބޭ ސިވިލް ސާރވިސްގެ މުވައްޒިފުންނަށްވެސް އެލަވެންސްތައް ހަމަޖައްސައިދޭންޖެހޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

ފުލުހުންގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ ފުލުހުންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ބައެއް ފުލުހުންނަށް ލިބޭ އެލަވަންސްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި އެލަވަންސްތައް ބޮޑުކޮށްފައިވަނީ ފީލްޑަށް ނުވަތަ މަގުމައްޗަށް ނިކުމެ މަސައްކަތް ކުރާ ފުލުހުންނަށް ލިބޭ އެލަވަންސްތަކެވެ. މީގެއިތުރުން ފުލުހުންގެ ތެރޭގައި ފަންނީ ބައެއް މަސައްކަތްތައް ކުރާ ފުލުހުންގެ އެލަވަންސްތަކާއި ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ އެލަވަންސްތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޭގެއިތުރުން ހުރިހާ ފުލުހުންނަށް ލިވިންގ އެލަވެންސް ދިނުމަށްވެސް ނިންމާފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. 

ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިމިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް