13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

އެމްބާޕޭ - ރެއާލް

ރެއާލްއިން ވެސް އެމްބާޕޭ ހޯދުމަށް 180 މިލިއަން ހުށަހެޅި

  • އެމްބާޕޭ ޕީއެސްޖީއަށް ކުޅުނީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 މެއި 2018 | ހޮނިހިރު 21:51 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ކިލިއަން އެމްބާޕޭ -- ޓްވިޓަރ

ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑްއިން ވެސް 180 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާ ކުރިން ކުޅުނު ކްލަބް ކަމަށްވާ މޮނާކޯއިން ބުނެފިއެވެ.

މޮނާކޯއިން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރި ސީޒަނުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު މުޅި ދުނިޔޭގެ ލޯ އޭނާއަށް އަމާޒުވިއެވެ. އެކަމުގެ ސަބަބުން އޭނާ ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރިއިރު އޭނާ ބަދަލުވީ މޮނާކޯގެ ވާދަވެރި ޕީއެސްޖީއަށެވެ. މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީއަށް ކުޅުނީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު ޕީއެސްޖީގެ ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހެދުމަށް އެ ޓީމުން މި ސީޒަނުގައި މޮނާކޯއަށް އެ އަދަދު ދައްކާނެއެވެ.

އެމްބާޕޭގެ ކުރީގެ ކްލަބް ކަމަށްވާ މޮނަކޯގެ ރައީސް ވަޑިމް ވްސިލްޔޭވް ބުނީ ރެއާލްއިން އެމްބާޕޭ ހޯދުމަށް 180 މިލިއަން ޔޫރޯ ހުށަހެޅުމުން އެކަން އެޓީމުން ގަބޫލުކުރި ކަމަށެވެ. އޭނާ ބުނީ އެ ހުށަހެޅުން ލިބުނުކަން އެމްބާޕޭއަށް އެންގި ކަމަށާއި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް ވެސް ދިނީ އޭނާއަށް ކަމަށެވެ. އެހެން ނަމަވެސް އެހިސާބުން އޭނާ ރެއާލްއަށް ނުދާނެ ކަމަށް ނިންމައި ބޭނުންވަނީ ޕީއެސްޖީއަށް ދާން ކަމަށް އެންގި ކަމަށެވެ. ހުރިހާ ކަމެއް ވެސް ނިމިގެންދިޔައީ އެންމެ ފަހު ވަގުތު ކަމަށް ވްސިލްޔޭވް ބުނެފައިވެއެވެ.

އެމްބާޕޭ އެގޮތަށް ނިންމީ އޭނާގެ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދިޔުމަށެވެ. އެގޮތުން އޭނާ ދެކޭ ގޮތުގައި ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިން ކުރިޔަށް ގޮސްފައިވަނީ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި ޅައުމުރުގައި ގައުމު ދޫކޮށްލުމަކީ ހެދިދާނެ ގޯހެއް ކަމަށެވެ.

ޕީއެސްޖީއަށް އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރެވިފައިނުވާއިރު މި ސީޒަނަށްފަހު އޭނާގެ އަގު އިތުރަށް މަތިވެގެންދާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީއިން އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް