20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މާކޯ އަސެންސިއޯ

އަސެންސިއޯ ހޯދުމަށް ކްލަބަކުން 150 މިލިއަން ހުށަހެޅި

  • އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 700 މިލިއަން ޔޫރޯ
  • ދެ ހުށަހެޅުން ވެސް ހުށަހެޅީ ޕްރިމިއާ ލީގުގެ ޓީމުތަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 މެއި 2018 | ހޮނިހިރު 21:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ -- ރޮއިޓަރސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ހޯދުމަށް ކްލަބަކުން 150 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

އުމުރުން 22 އަހަރުގެ އަސެންސިއޯ ވަނީ މި ސީޒަނުގައި 32 މެޗުގައި ރެއާލް މެޑްރިޑަށް ކުޅެފައެވެ. އޭގެތެރެއިން 19 މެޗުގައި އޭނާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނުއިރު އޭނާ ވަނީ އެ މެޗުތަކުގައި އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ.

އެސްޕަންޔޯލްއާއެކު ލޯނު އެއްބަސްވުމުގެ ދަށުން އެއް އަހަރު ހޭދަކުރުމަށް ފަހު އަލުން އެނބުރި އަސެންސިއޯ ރެއާލްއާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލްއިން އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހެޅިއިރު މި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 700 މިލިއަން ޔޫރޯއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަސެންސިއޯގެ އޭޖެންޓް ހޮރާސިއޯ ގަގިއޯލީ ބުނީ އަސެންސިއޯ ހޯދުމަށް ރެއާލްއަށް ދެ ހުށަހެޅުމެއް ލިބުނު ކަމަށާއި އޭގެތެރެއިން އެއް ހުށަހެޅުމަކީ 150 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ކަމަށެވެ. އެހެން ނަމަވެސް މި ދެ ހުށަހެޅުމަށް ވެސް ރެއާލްއިން ފުރަގަސްދިން ކަމަށާއި އޭނާއަކީ މުސްތަގުބަލު ވަރަށް އުޖާލާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އެ ދެ ހުށަހެޅުން ވެސް އައީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޓީމުތަކުން ކަމަށާއި އެ ޓީމުތަކަށް ފައިސާއަކީ މާ ބޮޑު އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނީ 150 މިލިއަނަށްވުރެ ވެސް އިތުރަށް ޕްރިމިއާ ލީގުގެ ޓީމުތަކަށް ހުށަހެޅޭނެ ކަމަށެވެ.

ޖުމްލަ 10 ފަހަރު ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަސެންސިއޯ ހޯދުމަށް ގިނަ ޕްރިމިއާ ލީގުގެ ކްލަބްތަކަކުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި މެންޗެސްޓާއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ އިތުރުން ޗެލްސީ ވެސް ހިމެނެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ގެންދާ ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑުން ވެސް އަސެންސިއޯއަށް ވަނީ ފުރުސަތު ދީފައެވެ.

މަޔޯކާގެ ޔޫތު ޓީމުން ތަމްރީންވި އަސެންސިއޯ ރެއާލްއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާގެ ފުރަތަމަ ސީޒަން ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޕަންޔޯލްގައި ހޭދަކުރިއިރު އޭގެފަހުން ރެއާލްއަށް އޭނާ ކުޅުނު ދެ ސީޒަނުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މިހާތަނަށް ރެއާލްއަށް ކުޅުނު 90 މެޗުގައި 21 ލަނޑު ޖަހާފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ހަތް ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޏ އައިކު

4 މަސް ކުރިން

ގިނަ ޕްރިމިއާ ލީގުގެ ކްލަބްތަކަކުން މަސައްކަތްކުރެއެވެ ??How many premier league Kada kada

0
0