14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ނޭމާ - ރެއާލް

ނޭމާ ރެއާލްއާ ގުޅެން އަނެއްކާ ވެސް މާސެލޯ އެދިއްޖެ

  • ދުނިޔޭގައި ތިބޭ އެންމެ މޮޅު ކުޅުންތެރިން ކުޅޭނީ ރެއާލްއަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 މެއި 2018 | ހޮނިހިރު 21:48 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ނޭމާ އަދި މާސެލޯ -- އޭއެފްޕީ

ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާގެ ކިބައިން ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ އަނެއްކާ ވެސް އެދިއްޖެއެވެ.

ރެއާލްގެ ވާދަވެރި ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާ ނޭމާ ގުޅުނީ މިދިޔަ ސީޒަނުގައެވެ. އެ ޓީމާއެކު އޭނާ ފްރާންސްގައި ބާއްވާ އެންމެ ބޮޑު ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ލީގުގައި ކުޅުނު 20 މެޗުގައި އޭނާ 19 ލަނޑު ޖެހިއެވެ. މިކަމުގެ ސަބަބުން އޭނާއަށް ފްރާންސްގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ނަމަވެސް އެ ޓީމު ދޫކޮށް އޭނާ ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާސެލޯ ބުނީ ދުނިޔޭގައި ތިބޭ އެންމެ މޮޅު ކުޅުންތެރިން ކުޅޭނީ ރެއާލްއަށް ކަމަށާއި މޮޅު ކުޅުންތެރިންނަށް ރެއާލް ބޭނުންވާ އުސޫލުން ރެއާލްއަށް ވެސް ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ނޭމާއާއެކު ރެއާލްގައި ކުޅެން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ޕީއެސްޖީ ދޫކޮށްލާ ވާހަކަ ނޭމާގެ ގާތުގައި ދުވަހަކު ވެސް ނުދައްކާ ކަމަށެވެ.

މިއީ ރެއާލްއަށް ނޭމާ އައުމަށް މާސެލޯ އެދުނު ދެވަނަ ފަހަރެވެ. މާސެލޯ އަދި ނޭމާކީ ގާތް ދެ އެކުވެރިންނަށްވާއިރު މި ދެ ކުޅުންތެރިން ވެސް މިވަގުތު ތިބީ ރަޝިއާއަށް ދާ ބްރެޒިލްގެ ގައުމީ ޓީމާއެކުއެވެ. ބްރެޒިލް ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީގައެވެ.

މާސެލޯގެ އިތުރުން ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ކަސިމޭރޯ އާއި ޑެނީ ކަވަހާލް އަދި ޓޯނީ ކްރޫސް ފަދަ ކުޅުންތެރިން ވަނީ ނޭމާ ރެއާލްއަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. ހަމައެހެންމެ އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ނޭމާއަކީ ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

ނޭމާ މިވަގުތު ހުރީ މިދިޔަ ފެބްރުއަރީ މަހު ޕީއެސްޖީއަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. ވޯލްޑް ކަޕަށް ފިޓްވުމަށް ނޭމާ މަސައްކަތް ކުރަމުންދާއިރު ބެލެވޭ ގޮތުގައި ޕީއެސްޖީއިން އޭނާ ވިއްކާނީ 250 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް