16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މިފްކޯ

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

  • މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް އެކުންފުނިން ނިންމުން
  • ސައިޓް ނޫން އެހެން ދާއިރާތަކަށް ނުވަތަ ސައިޓް ތަކަށް ބަދަލު ކުރުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 ޖެނުއަރީ 2017 | ބުރާސްފަތި 02:23 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި



މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބަނގުރޫޓް ވުމުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އެކުންފުނިން އަންގައިފިއެވެ.

 

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ސޮއިކުރައްވައި، އަންގާރަ ދުވަހު ނެރެފައިވާ މެމޯގައި ވަނީ އެކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، ކުންފުނިން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނި ހިންގުން ހަރުދަނާކޮށް، ގެއްލުން ކުޑަކުރުމަށްޓަކައި ކުންފުނީގެ ހިންގުމުގެ ނިޒާމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

 

މި ނިންމުމައި ގުޅިގެން ކުންފުނީގެ އާ އޮނިގަނޑެއް އެކުލަވާލެވި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ދާއިރާ ނުވަތަ ސައިޓް ނޫން އެހެން ދާއިރާތަކަށް ނުވަތަ ސައިޓްތަކަށް ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި ބައެއް މުވައްޒަފުންގެ މަގާމަށާއި މުސާރައަށް ބަދަލު ގެނެވި އަދި މުވައްޒަފުން މަދުކުރަންޖެހޭ ކަމަށް ފެންނަ ދާއިރާތަކުން މުވައްޒަފުން މަދު ކުރަން ޖެހިދާނެ ކަމަށް މެމޯގައި ވެއެވެ.

 

މިފްކޯއިން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނީގެ ހިންގުމުގެ ނިޒާމަށާއި މުސާރައިގެ އޮނިގަނޑަށްބ ަދަލުތައް ގެނައުމުގެ ގޮތުން ރީ ސްޓްރަކްޗަރިން ޕްލޭނެއް އެކުލަވާލައި، ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް ދުރާލާ އެންގޭނެ ކަމަށެވެ. އަދި ކުންފުނީގެ އާ އޮނިގަނޑު އެކުލަވާލާ މުވައްޒަފުންނާއި މެދު އަމަލު ކުރެވޭނެ އުސޫލް އެންގޭނެ ކަމަށް މިފްކޯއިން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.

 

މިފްކޯ ބަނގްރޫޓްވުމާ ގުޅިގެން އެ ކުންފުނިން މިހާރު ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް