22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރަމަޟާން 1439

ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް

  • ރޯދަ ވީއްލުމަށް މީހަކަށް 50 ޑޮލަރު
  • 20 އަށް ވުރެ ގިނަ ޑިޝް ލިބޭނެ
  • ހާއްސަ އިނާމުތަކެއް ލިބިގެންދާނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 މެއި 2018 | ހޮނިހިރު 08:39 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ޕެރެޑައިސް ރިސޯޓްގެ ރޯދަ ވީއްލުން -- ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

ރަމަޟާން މަހަކީ ގިނަ ބަޔަކު ރެސްޓޯރެންޓްތަކަށް އާއިލާ އާއިއެކު ނުވަތަ ގާތް ރައްޓެހިންނާ އެކު ރޯދަ ވިއްލުމަށްދާ މަހަކަށްވާ އިރު ރޯދަ މެނޫ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. ގިނަ ބަޔަކު ކެޔުމަށް ތަނެއް އިހްތިޔާރު ކުރާ މެނޫ އަކީ އަބަދު ވެސް އެބަޔަކަށް އެންމެ ގަޔާވާ ގޮތަށް ތައްޔާރުކޮށްފައިވާ މެނޫ އެވެ. މިގޮތަށް ބަލާ އިރު ޕެރެޑައިސް ރިސޯޓްގެ ލެގޫން ރެސްޓޯރެންޓް ފާހަގަކުރެވެނީ ވަރަށް ފާހަގަކޮށްލެވޭ މެނޫ އެއްގެ ގޮތުގަ އެވެ. މީހުން ގަޔާވާ ގިނަ ރަހަތަކުގެ އިތުރަށް ލިބެން ހުންނަ ބާވަތްތައްވެސް އެހާމެ ގިނަ އެވެ.

 

ޕެރެޑައިސް އައިލެންޑް ރިސޯޓް

ޕެރެޑައިސްގެ ރަމަޟާން މަހުގެ ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖު ތަކަކީ ވަރަށް ބޮޑަށް ދިވެހިންނަށް ހާއްސަ ކުރެވިގެން ތައްޔާރު ކޮށްފައިވާ ޕެކޭޖްތަކެކެވެ. މާލެއާއި ބޭރު މާހައުލަކަށް ގޮސް ރަގަޅު ރޯދަ ވީއްލުމެއް ލިބިގެންދާ އިރު ކޮންމެ ދުވަހަކު ވެސް ހާއްސަ ކުރެވިގެންދަނީ ތަފާތު ކުޒީން އަކަށެވެ.

" ރޯދަ ވީއްލުން އިންތޒާމުކޮށްފައިވާނީ ފެމިލީތަކަށް ނުވަތަ ރައްޓެހިންނަށްވެސް އެކީގައި އައިސް އެންޖޯއި ކުރެވޭ ގޮތަށް. ކުޑަކުދިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް." އެގްޒެކެޓިވް ޝެޕް އިސްހާގު ސޯލިހް ވިދާޅުވި އެވެ.

ކޮންމެ  ދުވަހެއްގެ ރޯދަ ވީއްލުމަށް ގިނަ ޑިޝްތަކެއް ތައްޔާރުކުރެވޭ އިރު ކޮންމެ ދުވަހެއްގެ މެނޫގައިވެސް 20 އަކަށް ބާވަތް ހިމެނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ތަފާތު ތީމަކަށް ރޯދަ ވީއްލުން ހާއްސަ ކުރެވެ އެވެ. އެގޮތުން އިންޑިއަން އާއި މެޑިޓެރޭނިއަން އާއި ތައި، އިޓާލިއަންގެ އިތުރުން އޮރިއެންޓަލް ކުޒީންތަކަށް ރޯދަ ވީއްލުން ހާއްސަ ކުރެވިގެންދެ އެވެ.

 

ޕެރެޑައިސް އައިލެންޑް ރިސޯޓް

ރޯދަ ވީއްލުމަށް އަންނަ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހުވެސް ގުރުއަތު ލެވިގެންދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމްތަކެއް ރޯދަ ވީއްލުމަށް އަންނަ ފަރާތްތަކަށް ދޫ ކުރެވިގެންދާނެ ކަމަށް ޕެރެޑައިސް އިން ބުނެ އެވެ. އަދި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މުޅި ރޯދަ މަހުގައި ރޯދަ ވީއްލުމަށް ދިޔަ ފަރާތްތަކުގެ ތެރެއިން ހާއްސަ ނަސީބުވެރިއަކަށް ބޮޑު އިނާމެއް ލިބިގެންދާނެ ކަމަށް އިސްހާގު ފާހަގަކުރި އެވެ.

 

ޕެރެޑައިސް އައިލެންޑް ރިސޯޓް

 ރޯދަ ވީއްލުމަށް ހަރަދު ކުރަންޖެހެނީ މީހަކަށް 50 ޑޮލަރެވެ. އަދި މާލެއިން ކޮންމެ ދުވަހަކު ފުރުން އިންނަނީ ހަވިރު 05:00 ގަ އެވެ. ޕެރެޑައިސް އިން މާލެއަށް އައުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:00 ގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް