18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކުރީގެ ރައީސް ރަފްސަންޖާނީ އަވ

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

  • ރަފްސަންޖާނީ އަވަހާރަވުމާއި ގުޅިގެން އިރާނުގައި ގައުމީ ހިތާމައިގެ ތިން ދުވަސް ވަނީ އިއުލާންކޮށްފަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 ޖެނުއަރީ 2017 | ބުރާސްފަތި 01:13 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީ -- ބީބީސީ

އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީގެ ޖަނާޒާއަށް އެތައް ހާސްބަޔަކު ތެހެރާނުގެ މަގުމައްޗަށް އަންގާރަ ދުވަހު އެއްވެއްޖެއެވެ.

އިރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ މައި ތަނބު އަދި އެގައުމުގެ ކުރީގެ ރައީސް އަކްބަރު ހާޝީމީ ރަފްސަންޖާނީގެ ޖަނާޒާ ފައްޓަވައިދެއްވާފައި ވަނީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއެވެ.

ރަފްސަންޖާނީ އަވަހާރަވުމާއި ގުޅިގެން އިރާނުގައި ގައުމީ ހިތާމައިގެ ތިން ދުވަސް ފަށާފައި ވަނީ މިހަފްތާގެ ހޯމަދުވަހުއެވެ. އިރާނުގެ ޤައުމީ ޓީވީން ބުނެފައިވަނީ ރަފްސަންޖާނީ އަވަހާރަވެފައި ވަނީ ވެރިރަށް ތެހްރާނުގެ ހޮސްޕިޓަލެއްގައި ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަނިކޮށްކަމަށެވެ. ރަފްސަންޖާނީ އަވަހާރަވިއިރު އުމުރުފުޅަކީ 82 ކެވެ.

އެ މަނިކުފާނަކީ އިރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބުގެ މައި ތަނބެވެ. 1989 ވަނަ އަހަރުން 1997 ވަނަ އަހަރާ ހަމައަށް އިރާނުގެ ރައީސްކަން ކުރެއްވި ރަފްސަންޖާނީއަކީ އެމަނިކުފާނު އަވަހާރަވިއިރު އިރާނުގެ މުހިއްމު ނިންމުންތައް ނިންމާ މަޖިލިސްތަކުގައި ނުފޫޒުގަދަ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރަފްސަންޖާނީ އަވަހާރަވުމާ ގުޅިގެން ގައުމުތަކުގެ ވެރިން ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް