20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރޮނާލްޑީނިއޯގެ ކައިވެނި

ރޮނާލްޑީނިއޯ އެއްފަހަރާ ދެ މީހުންނާއި އިންނަނީ

  • މި ދެ މީހުންނާއި ރޮނާލްޑީނިއޯ ކައިވެނިކުރާނީ އޮގަސްޓް މަހުގައި އޮންނަ ހަފްލާއެއްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 މެއި 2018 | ހުކުރު 12:40 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ރޮނާލްޑީނިއޯ އަދި އޭނާ އިންނަން އުޅޭ ދެ މީހުން -- ޓްވިޓަރ

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ އެކުއެކީގައި ދެ މީހުންނާއި އިންނަން ނިންމައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑީއޯ އިންނާނީ ޕްރިސީލިއާ ކޮއޭލޯ އަދި ބީޓްރިޒް ސޫޒާއާއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަހުން މި ދެމީހުން މިހާރު ވެސް ދިރިއުޅެމުން އަންނަނީ ބްރެޒިލްގެ ރިއޯ ޑެޖެނީރޯގައި ހުންނަ ރޮނާލްޑީނިއޯގެ މެންޝަނުގައެވެ. މި ދެ މީހުންނާއި ރޮނާލްޑީނިއޯ ކައިވެނިކުރާނީ އޮގަސްޓް މަހުގައި އޮންނަ ހަފްލާއެއްގައެވެ.

ރޮނާލްޑީނިއޯ ޕްރިސީލިއާ ކޮއޭލޯއާ ރައްޓެހިވީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ބީޓްރިޒް ސޫޒާއާ ރައްޓެހިވީ 2016 ވަނަ އަހަރުއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިދެމީހުންނަށްވެސް ރޮނާލްޑީނިއޯ ކޮންމެ މަހަކު 1500 ޕައުންޑްގެ އެލަވަންސެއް ދެއެވެ. ރޮނާލްޑީނިއޯ އޭނާގެ ދެ ބައިވެރިންނަށް ވެސް ހަދިޔާގެ ގޮތުގައި އެކައްޗެއް ދޭއިރު އެންމެފަހުން ވެސް އޭނާ އެ ދެމީހުންނަށް ހަދިޔާކުރީ އެއް ވައްތަރެއްގެ ސެންޓު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑީނިއޯގެ ކައިވެނީގެ ހަފްލާއަށް އޭނާގެ ދައްތަ ހާޒިރު ނުވާނެ ކަމަށް ބުނެފައިވާއިރު އޭނާގެ ދައްތައަކީ އޭނާ އުޅޭގޮތާއި މެދު ހިތްހަމަނުޖެހޭ މީހެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ރޮނާލްޑީނިއޯ ބުނެފައިވަނީ އޭނާ ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް