14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބ

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

  • ޓެވަރެސް ވަނީ ބެންފިކާގެ 12 އަހަރުންދަށަށް ކޯޗު ކޮށްދީފަ
  • ވަލްޑެސް ވަނީ ދެ ފަހަރު ފިލިޕީންސްގައި ރަން ބޫޓު ހާސިލްކޮށްފަ
ނާފިއު ރަޝީދު | NaphiuR

| 12 ޖެނުއަރީ 2017 | ބުރާސްފަތި 01:00 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ނިއުއަށް އަލަށް ގުޅުނު ކުޅުންތެރިންނާއި ކޯޗު އަދި އެޓީމުގެ އޮފިޝަލުން -- ރާއްޖެއެމްވީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ގެނައުމަށް ނިންމާފައިވާ ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ބުދަ ދުވަހު މާލެ އައިސް ޓީމާއި ގުޅިއްޖެ އެވެ.

ނިއުއަށް ގެނައި ބިދޭސީ ކޯޗަކީ މީގެ ކުރިން ޕޯޗްގަލްގެ ޕޯޓޯއަށާއި ބެންފީކާގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ބާނާޑޯ ޓެވަރެސް އެވެ. އޭނާ ވަނީ ބެންފިކާގެ 12 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފަ އެވެ. މީގެ އިތުރުން ޕޯޓޯގައި އޭނާ މަސައްކަތްކޮށްފައި ވަނީ ސްކައުޓް ކޯޗެއްގެ ގޮތުގަ އެވެ.

އުމުރުން 36 އަހަރުގެ ޓެވަރެސް ވަނީ އޭޝިއާގެ ފުޓްބޯޅާގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭނާ ވަނީ ބަހްރެއިންގެ އަލް ހިއްދުގެ އެސިސްޓެންޓް ކޯޗް ކަމާއި، އޮމާންގެ އަލް ނަހްދާގެ ހެޑް ކޯޗު ކަން ކޮށްފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގް ޕްރިލިމިނަރީ ބުރުގައި ކުޅެފަ އެވެ. ނަމަވެސް އެޓީމަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެއް ނުވެ އެވެ.

ނިއުއަށް ގެނައި ފޯވަޑަކީ ސްޕެއިނަށް އުފަން އެޑްރިއަން ގަލާޑޯ ވަލްޑެސް އެވެ. އޭނާއަކީ ފިލިޕީންސް ލީގުގެ ލަނޑު ލިސްޓުގެ ކުރި ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ދެ ސީޒަންގައި ވެސް ފިލިޕީންސްގެ ސެރެސް އެފްސީ އަށް ކުޅެ އެ ދެ ސީޒަންގެ ވެސް ރަންބޫޓު ހާސިލް ކޮށްފަ އެވެ.

އުމުރުން 29 އަހަރުގެ އެޑްރިއަންއަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ފިލިޕީންސް ލީގުގައި 22 މެޗު ކުޅެ 42 ގޯލް ޖަހާފަ އެވެ.

ނިއުއަށް ގެނައި ފިޓްނަސް ކޯޗަކީ ޕޯޗުގަލްއަށް އުފަން ޔަކީމް ވެލިންހޯ އެވެ. އޭނާ އަކީ ކޯޗިން ލައިސަންސް ވެސް އޮތް ފިޒިކަލް ފިޓްނަސް ޓްރެއިނަރެކެވެ.

ނިއުއިން ބުނެފައި ވަނީ ފިޓްނަސް ކޯޗަކީ ފިޓްނަސް ޓްރެއިނަރެއްގެ އިތުރުން ކޮންޑިޝަން އާއި ރިކަވަރީ ސްޕެޝަލިސްޓެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް