11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ކްލަބު އީގަލްސް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

  • ސާންތި އެ ކްލަބާއެކު ވެފައި ވަނީ ދެ އަހަރުގެ އެއްބަސްވުމެއް
  • ސާންތި ވަނީ އީގަލްސް އަށް ޕްރެޒިޑެންޓް މުބާރާތް ކާމިޔާބުކޮށްދީފަ
  • ސާންތި ވެފައިވަނީ 27 އަހަރުތެރޭ އީގަލްސްގެ ކާމިޔާބު ކޯޗަށް
ނާފިއު ރަޝީދު | NaphiuR

| 12 ޖެނުއަރީ 2017 | ބުރާސްފަތި 00:25 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްެދުލް ޣަނީ (ސާންތި) -- ރާއްޖެއެމްވީ

މިދިޔަ ސީޒަންގައި ކްލަބު އީގަލްސް އަށް ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

ސާންތި އެ ކްލަބާއެކު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހު މަޑުކުރުމަށެވެ. މިކަން ސާންތި ވަނީ ރާއްޖެއެމްވީ އަށް ވެސް ކަށަވަރުކޮށްދީފަ އެވެ.

ސާންތި ބުނީ އޭނާ އީގަލްސްގެ ކޮންޓްރެކްޓް އާކުރީ އެޓީމުގެ ކުޅުންތެރިންގެ މުސްތަގުބަލާ ދޭތެރޭ ވިސްނައި އެ ކުޅުންތެރިންނާއެކު އަނެއްކާވެސް ކާމިޔާބީއެއް ހޯދުމަށް ބޭނުންވާތީ ކަމަށެވެ.

ސާންތި ފާހަގަކޮށްލެވެނީ ޒުވާން ކުޅުންތެރިންތަކެއް ދިވެހި ފުޓުބޯޅައަށް ނެރެދިން ކޯޗެއްގެ ގޮތުގައެވެ. އަދި އަބަދުވެސް ތިރިން ޕާސް ޖަހައިގެން ރީތި ފުޓުބޯޅައެއް ކުޅުވުމަށް ސާންތި މަސައްކަތް ކުރެއެވެ.

މިދިޔަ އަހަރުގެ ސީޒަން ނިންމާލުމަށްފަހު ސާންތި ބުނެފައި ވަނީ އޭނާއަކީ މީގެ ހަތަރު އަހަރު ކުރިން ރަނގަޅު ޓީމެއް އުފެއްދުމަށް ބުރަކޮށް މަސައްކަތް ކުރި މީހެއް ކަމަށާއި އަދި ދުވަސް ތަކަކަށްފަހު އެ އުންމީދު ފުރިހަމަ ވުމުން އުފާވާ ކަމަށެވެ. މީގެ އިތުރުން ސާންތި ބުނެފައި ވަނީ އޭނާ އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ދަނޑުތަކަށް ޒުވާން ކުޅުންތެރިން ނުކުމެ ގައުމީ ޓީމުގައާއި އޭނާގެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާ ކާމިޔާބީތައް ހާސިލްކުރާތަން ދެކުމަށް ކަމަށެވެ.

ވޭތުވެދިޔަ ސީޒަންގައި ޕްރެސިޑެންޓްސް ކަޕް އީގަލްސްއަށް އުފުލާލަދީ ސާންތި ވެފައިވަނީ 27 އަހަރުގެ ކްލަބްގެ ތާރީޚްގައި އެންމެ ކާމިޔާބު ކޯޗަށެވެ.

އީގަލްސްއިން އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މިހާރުވަނީ ގައުމީ ޓީމުގެ އަހުމަދު ނާޝިދު (ނާއްޓޭ)ވެސް ޓީމަށް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ސަމާހު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް