23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

  • އެމްޔޫއޯއާއެކު ދެމި އޮންނާނަން:ޝިދާތާ
  • ސަރުކާރުގެ އަނިޔާވެރި ކަމަށް ނޫނެކޭ ބުނަން ސަރުކާރާ ދެކޮޅަށް ވޯޓް ދޭންޖެހޭ: މަލީހް
އަހުމަދު މުހުސިނު | dhonbandaara

| 12 ޖެނުއަރީ 2017 | ބުރާސްފަތި 00:08 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އެމްޔޫއޯއިން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބަކީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ބުނެފިއެވެ.

 

އެމްޔޫއޯއިން މިހެން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޔޫއޯގެ ތެރެއިން އެމްޑީޕީއާއެކު އިންތިޚާބުގައި ގުޅިގެން ކެންޑިޑޭޓުން ނެރުނު އަދާލަތުން އެ އިންތިޚާބުގައި ވާދަ ނުކުރަން ނިންމުމާގުޅޭ ގޮތުން އެމްޔޫއޯއިން ބޭއްވި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ނުކުރަން ނިންމެވި ސަބަބަކީ އިހްތިރާމް ކުރައްވާ އަދި ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ސަބަބެއް ކަމަށެވެ.

 

ޝިފާޒް ވިދާޅުވީ އަދާލަތުގެ އެ ނިންމެވުމާއެކު އަދާލަތުން ކުރިން ވާދަކުރެއްވި ކެންޑިޑޭޓުންގެ ބަދަލުގައި އެމްޑީޕީގެ އިތުރު ކެންޑިޑޭޓުން ނަގައިގެން އިންތިޚާބުގައި ކުރިއަށް ދާނެކަމަށާއި އަދި އިންތިޚާބުގައި އެމްޔޫއޯގެ ތެރެއިން އަދާލަތުންވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމަށް ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާއި އެއިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް ނިކުންނާނީ މުޅި އެމްޔޫއޯ ކަމަށެވެ.

 

މަލީހު ވިދާޅުވީ ސަރުކާރާ ރައީސް ޔާމީންގެ ބޭނުން ފުޅަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ފޫހި ކުރުވާ އެމީހުން ގެއަށް ވެއްދުން ކަމަށެވެ. ނަމަވެސް އެފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އެމްޔޫއޯ އުފެދުނީ އިންތިޚާބަށް ނޫން ކަމަށާއި އެމްޔޫއޯގެ މަޤްސަދަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ނޭދެވޭ ކަންތައްތައް ހުއްޓުވާ ޤައުމު ހަމަ މަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި އަދާލަތުން ކެންޑިޑޭޓުން ނުނެރުނު ކަމުގައި ވިއަސް އެ ޕާޓީ އޮންނާނީ އެމްޔޫއޯގެ މައިގަނޑު އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

 

ޝިދާތާ ވިދާޅުވީ އެމްޔޫއޯގެ ޕާޓީތަކުންވެސް އަމިއްލަ ނިންމުންތައް ނިންމާނެ ކަމަށާއި އަދާލަތުން އެޅި ފިޔަވަޅަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އަދާލަތުން އެމްޔޫއޯއެކު ދެމިއޮންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް