20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ނަޕޯލީ

ނަޕޯލީގެ ކޯޗަކަށް އަންޗެލޯޓީ އައްޔަނުކޮށްފި

  • އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
  • އަންޗެލޯޓީއަކީ ޔޫރަޕުގައި ކާމިޔާބު ކޯޗެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 މެއި 2018 | ބުރާސްފަތި 18:13 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ކާލޯ އަންޗެލޯޓީ -- ގޫގުލް

އިޓާލިއަން ސެރީއޭގައި ކުޅެމުން އަންނަ އެސްއެސްސީ ނަޕޯލީގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އައްޔަނުކޮށްފިއެވެ. 

ނަޕޯލީގެ ކޯޗުގެ މަގާމަށް އަންޗެލޯޓީ އައްުޔަނުކުރިކަން އެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަޕޯލީގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު ކުރި ޓްވީޓެއްގައި އަންޗެލޯޓީ ބުނީ ނަޕޯލީ ފަދަ ތަފާތު ޓީމެއްގެ ކޯޗަކަށް ވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަންޗެލޯޓީއަށް އެމަގާމު ލިބިގެންދިޔައީ އެމަގާމުގައި ހުރި މައުރީޒިއޯ ސައްރީ އެމަގާމު ދޫކޮށްލުމާއި ވިދިގެންނެވެ. 

ނަޕޯލީގެ ކޯޗުގެ މަގާމާއި އޭނާ ހަވާލުވިއިރު މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ވަނީ އިޓަލީގެ ގައުމީ ޓީމާއި އަންޗެލޯޓީ ހަވާލުވާން އުޅޭ ކަމަށް ވެސް ރިޕޯޓްކޮށްފައެވެ. 

މި ސީޒަން ނަޕޯލީއިން ނިންމާލީ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެންވާއިރު އެ ޓީމުން ވަނީ މި ސީީޒަނުގައި 91 ޕޮއިންޓް 38 މެޗުން އެއްކޮށްފައެވެ. މިއީ އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނައިން އެއްކުރި ޕޮއިންޓްގެ އަދަދަށްވާއިރު ނަޕޯލީ ވެގެންދިޔައީ 90 ޕޮއިންޓަށްވުރެ ގިނައިން ހޯދުމަށްފަހު ސެރީއޭގެ ޗެމްޕިއަންކަން ނުލިބުނު ފުރަތަމަ ޓީމަށެވެ. އަންޗެލޯޓީގެ އެންމެ ބޮޑު ވަޒީފާއަަކަށް ވެގެންދާނީ އިޓަލީގައި ޔުވެންޓަސްއިން ކުރަމުންދާ ވެރިކަން ނިމުމަކަށް ގެނައުމެވެ. މިދިޔަ ހަތަރު އަހަރު ވެސް ޔުވެންޓަސްއިން ވަނީ އިޓަލީގައި ބާއްވާ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެގޮތުން މަސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސްއިން ވަނީ މި ސީޒަނުގައި ވެސް އިޓާލިއަން ސެރީއޭގެ އިތުރުން ކޮޕާ އިޓާލިއާ ވެސް ކާމިޔާބުކޮށްފައެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުން ވަކިކުރި ފަހުން އަންޗެލޯޓީ އެހެން އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ. ބަޔާންގެ ކޯޗުގެ މަގާމުން އަންޗެލޯޓީ ވަކިކުރީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަޔާން ބަލިވިތާ 24 ގަޑިއިރު ނުވަނީސްއެވެ. ބަޔާންއިން ބުނީ ސީޒަނުގެ ކުރީކޮޅުން ފެށިގެން އެ ޓީމުން އުއްމީދުކުރި ނަތީޖާ އަންޗެލޯޓީއަށް ނެރެދެވިފައިނުވާ ކަމަށެވެ. 

އަންޗެލޯޓީއަކީ ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެގޮތުން އޭނާ ވަނީ އޭސީ މިލާނާއެކު ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާއަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ތިން ފަހަރު އުފުލާލި ދެ ކޯޗުންގެ ތެރެއިން އެކަކެެވެ. އެންޗެލޮޓީ ވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ތަށި އޭސީ މިލާނާއިއެކު އަދި 2014 ވަނަ އަހަރުގެ ތަށި ރެއާލް މެޑްރިޑާއިއެކު އުފުލާފައެވެ.

އިޓަލީގެ ސެރީއޭ އަންޗެލޯޓީއަށް އުފުލާލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އޭނާ ވަނީ ޔުވެންޓަސް އާއި ނަޕޯލީ އަދި ޕާމާއަށް ވެސް އިރުޝާދު ދީފައެވެ. ހަމައެހެންމެ ޔޫރަޕުގެ އެންމެ ބޮޑު ޓީމުތައް ކަމަށްވާ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ އިތުރުން ޕީއެސްޖީއަށް ވެސް އޭނާ ވަނީ އިރުޝާދު ދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް