23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މަގޭ ރިޕޯޓް

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

  • މުޅި ރާއްޖެއިން ބޮޑު ތާއީދެއް ލިބޭނެ ކަމަށް ބެލެވޭ
  • ޕްރައިމަރީގެ ނަތީޖާއަކީ ވޯޓު ކަރުދާސްކޮޅުގައި ނަން އޮތުމަށް ލިބޭ ބާރެއް ކަމަށް ނަޝީދު ވިދާޅުވޭ
  • ބޭރު ދުނިޔެއިންވެސް ދަނީ ސަރުކާރުގެ ޢަމަލް ތަކާއި ރާއްޖޭގެ ހާލަތު ބަލަމުން
އަހުމަދު މުހުސިނު | dhonbandaara

| 24 މެއި 2018 | ބުރާސްފަތި 16:39 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރައީސް ނަޝީދު: ޕްރައިމަރީގެ ކެމްޕެއިން ވަނީ ފަށްޓަވާފައި -- ގޫގުލް

ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނާނެއޭ ބުނަނީ ހަމަ ބުނާން ވެގެންނެވެ. އެފަދަ ކަމެއް ކުރިމަތިވީމާ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. އެކަން އެންމެ ރަނގަޅަށް ފެންނަމުން މިދަނީ މިހާރުގެ ސަރުކާރުގެ ތެރެއިންނެވެ. ޕީޕީއެމްގެ ތެރެއިންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަތްދަމާލީމާ ޖެހޭ ހިސާބުގައި އޮތްއިރު ރައީސް އަބްދުﷲ ޔާމީނާއެކު ތިއްބެވި ހުރިހާ ބޭފުޅުން މިއަދު އެވަނީ އެމަނިކުފާނާ ފެއަށް ޖެހިވަޑައިގެންފައެވެ. ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީއެވެ. ޝައިޚް އިމްރާންގެ މަސައްކަތާއި އަދާލަތު ޕާޓީއެވެ. ބުރަ މަސައްކަތެއް ކުރައްވަން ހުންނެވި ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ޑިފެންސް މިނސްޓަރު މުހައްމަދު ނާޒިމެވެ. އޭޓީއެމް މެޝިންގެ ގޮތުގައި ގެންގުޅުނު އަދީބުވެސް އޮންނެވީ ޖަލުގައެވެ. ނުވިތާކަށް އެންމެ ގިނަ ވޯޓު ހޯއްދަވައި ދެއްވި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވަނީ ކުޑަގޮޅިއަށް ލައިފައެވެ.

އެހުރިހާ އެންމެން އެއްގަލަކަށް އަރައިގެން އެންމެންވެގެން ހޯދި ވެރިކަމުގެ ދައުރު ހަމަވަމުން ދަނީއެވެ. އެވެރިކަމުގައި ރައީސަކަށް ހުންނެވި ރައީސް ޔާމީން އިތުރު ދައުރަކަށް އެވަނީ ފައި ނަންގަވާފައެވެ. ހޯދުނިއްޔާ ހޯދުނު ގޮތަކުން ވެރިކަން ހޯދަން އެމަނިކުފާނު އެވަނީ އަރުވާ ޖައްސަވާފައެވެ. ކުރިން ބުނެވުނު ބޭފުޅުންގެ ތާއީދު ނެތި ވެރިކަމަށް ވަޑައިގަންނަވަން ބުރަ މަސައްކަތެއް ކުރަން ޖެހިފައިވާއިރު، ކުރިމަތިވަނީ އަދި މާބޮޑު ކަމަކާއެވެ.

އެކަކަށް އެންމެބޮޑު ތާއީދެއް ރާއްޖޭގައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްކަން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާއިންވަނީ ހާމަވެފައެވެ. އެހެންކަމުން މިއަހަރުގެ އިންތިޚާބުގައި މިވަގުތު އިދިކޮޅުގައި ތިބި އޭރުގެ ސަރުކާރު ކޯލިޝަންގެ ފަރާތްތަކާއެކު އިންތިޚާބު ރައީސް ނަޝީދުގެ ކޮޅަށް ބުރަވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށްޓަކައި ރައީސް ނަޝީދަށްކުރި ބޮޑު ހުކުމުގެ ތެރެއިން ސަލާމަތްވެ ވެރިކަމުގައި ވާދަ ކުރައްވަފާނެތީ އެއީ ރައީސް ޔާމީނަށް އޮތް ބިރެކެވެ. ރައީސް ނަޝީދުގެ ޝަރީއަތް ދިޔަ ގޮތުން އދ އިން އެވަނީ އެއީ ކުށްވެރިއެއް ނޫންކަމަށް ކަނޑައަޅައިފައެވެ. އިންތިޚާބުގައި ބައިވެރިވެވެން ޖެހޭނެ ކަމަށް އެދަނީ ފާޅުގައި އަންގަމުންނެވެ. ފަހުބަސް ނިންމާން އޮތް ސުޕްރީމް ކޯޓު ކިތައްމެ ހާލެއްގައި އޮތަސް އެކޯޓުން ނިންމަފާނެ ގޮތަކާމެދުވެސް ރައީސް ޔާމީނަކަށް ހިތްހަމަޖައްސާލެވޭކަށް ނެތެވެ. އަނެއްކޮޅުން ރައީސް ނަޝީދުގެ ކެނޑިޑެސީ ކަށަވަރުކުރަން އެންމެ ބޮޑު ބާރެއް ލެވޭނެ އެއް ދިމާއަށް އެމްޑީޕީން އެވަނީ މިސްރާބު ޖަހާފައެވެ. އެޕާޓީގެ ރިޔާސީ ޕްރައިމަރީ މިމަހު 30 ގައި ބޭއްވުމެވެ. އަދިވެސް ބޮޑު ތާއީދެއް ރައީސް ނަޝީދަށް އޮތްކަން ހާމަކޮށްދިނުމަށެވެ.

މިކަމަކީ މި ސަރުކާރަށް ފަސޭހަކަމާއެކު ބަލަންތިބެވޭނެ ކަމެއް ނޫނެވެ. ބޮޑު އަދަދަކުން ރައީސް ނަޝީދަށް ތާއީދު އޮތްކަން ހާމަވީމާ ބައިނަލްއަޤްވާމީ މަޝްރަހުން ސަރުކާރަށް ކުރާ ޕްރެޝަރ ބޮޑުވާނެއެވެ. ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ދެން ވެދާނެ ގޮތަކާމެދު ވިސްނަން މަޖްބޫރުވެގެންދާނެއެވެ. ގޮތް ކަނޑައަޅަން ސިހިސިހި އޮތް ސުޕްރީމް ކޯޓަށްވެސް ހަމައިސްކޮޅަށް ތެދުވެލެވޭނެ ބާރު ލިބިގެންދާނެއެވެ. ވަޒީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި ރުމާލު ދޭކަށާއި މުލިއާގެއަށް މަޖްބޫރުން ވަންނަން ޖެހޭ މީހުންނަށް ދިފާއުގައި ބަސްބުނެލާނެ ފުރުސަތު ލިބޭނެއެވެ. ކިތައްމެ ވަރަކަށް ހާޒިރީ ބަލަހައްޓައިގެން ގެންދާން އުޅުނަސް ޖަލްސާތަކަށް ދާނެ މީހުން މަދުވާނެއެވެ. ހަމައެކަނި ޕީޕީއެމްގެ ޕްރޮޕެގެންޑާ މެޝިނެއްގެ ގޮތުގައި އޮތް ދައުލަތުގެ މީޑިޔާގެ އެޑިޓޯރިއަލް ޕޮލިސީ ބަދަލުކޮށް ހަމަހަމަވުން ނޫން ގޮތެއް ނޯންނާނެއެވެ.

މިސަބަބުތަކަށްޓަކައި ރައީސް ނަޝީދަށް މުޅި ރާއްޖެއިން އޮތް ތާއީދު ދައްކާލަން ފުރުސަތު ދިނުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. މާ ޤާނޫނީ ވެފައި ކަންކަން ހަނދާންކޮށްދިނުމުގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން އެފެށީ އެމަސައްކަތެވެ. ބޭނުމަކީ ހަމައެންމެ ބޭނުމެކެވެ. ރައީސް ނަޝީދަށް ލިބޭ ވޯޓުގެ އަދަދު ފެނުނަނުދިނުމެވެ. ބާއްވަން އުޅޭ ޕްރައިމަރީ ހުއްޓުވުމެވެ.

ނާފަހެ ނުބާއްވާ ޕްރައިމަރީއަކާ ވައިއެޅެން އިލެކްޝަންސް ކޮމިޝަނަކަށް ހައްޤެއް ނެތެވެ. ކެނޑިޑެސީ ފޯމު ހުށަހެޅުމުން ނޫނީ ޝަރުތުހަމަވާ މީހެއްތޯ ބެލުމުގެ ހުއްޖަތެއް އެކޮމިޝަނަކަށް ނެތެވެ. ބަޔަކު މީހުންގެ ތެރޭގައި ބާއްވާ އެތެރޭގެ އިންތިޚާބަކާ  ބެހުމުގެ ކުޑަވެސް ބާރެއް އިލެކްޝަނަކަށް ނެތެވެ.

ކޮންމެއަކަސް ތިޔަ ޖަހާ ސަކަރާތެއް ނޭނގޭ އެކަކަކުވެސް ނެތެވެ. ތިޔަ ކަންބޮޑުވުން މުޅި ދުނިޔެއަށްވެސް އެނގެއެވެ. ނަޝީދު ލައިގެން ޕްރައިމަރީ ބާއްވައިފިއްޔާ ޕާޓީ އުވާލަފާނަމޭ އެއީ ބޮޑު ޓެރަރިސްޓެކޭބުނެ މަހާނަ މައްޗަށް މަޑިއަށް ޖެހޭކަށް އަދި ގާތްވެސް ނުވެއެވެ. ނަޝީދަށް ކުރިމަތި ނުލެވޭކަމާ ކުރިމަތިލިއަސް ބާތިލް ކުރުމުގެ ބާރު ތިޔައޮތީ ތިޔަބަޔަކު ބުނާގޮތުން ތިޔަބައެއްގެ އަތްމަތީގައެވެ. ދެން ބާނާފައި އެއްލާލީމާ ކޮރަކެއްޔެއް ތެޅޭހެން ނެގިނެގިފައި ޖެހޭކަށް ނުޖެހޭނެ ނޫންތޯއެވެ. ތިޔަވަރަށް ތެޅުނީމާ ހުޅުނބު ދާލެއް މާއަވަސްވާނެވެ. މާބޮޑަށް ހިފިނުހުރެވިގެން ތެޅެން ވެއްޖިއްޔާ ތެޅިތެޅި ހުންނާންނަނީސް ގައިގާ ރަޖާލައިގެން އޮންނާންވެސް ޖެހިދާނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް