22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އާސެނަލް

ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އާސެނަލް ގުނާލެވޭނެ: އެމެރީ

  • ކްލަބްގެ އިސް ފަރާތްތަކުގެ ވިސްނުމާއި އޭނާގެ ވިސްނުން ވަރަށް އެއްގޮތް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 މެއި 2018 | ބުރާސްފަތި 16:29 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އުނައި އެމެރީ - އާސެނަލްގެ އައު ކޯޗު -- އޭޕީ

ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އަލުން އަނބުރާ އާސެނަލް ހިމަނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމައި އަލަށް ހަވާލުވި ސްޕެއިންގެ އުނައި އެމެރީ ބުނެފިއެވެ. 

އާސެނަލްގެ ކޯޗުގެ މަގާމާއި ހާވަލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމެރީ ބުނީ އޭނާ އާސެނަލްއާއެކު ވާސިލްވާން ބޭނުންވާ ހިސާބު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ބޭނުންވަނީ ކްލަބްގެ ހުރިހާ ފަރާތަކާއެކު މަސައްކަތްކޮށް ކްލަބް އެހެން ހަރުފަތަކަށް ގެންދަން ކަމަށެވެ. އޭނާ ބުނީ ކްލަބާއެކު ކުރި ހުރިހާ މަޝްވަރާތަކުން ވެސް އެނގިގެންދިޔައީ ކްލަބްގެ އިސް ފަރާތްތަކުގެ ވިސްނުމާއި އޭނާގެ ވިސްނުން ވަރަށް އެއްގޮތްކަން ކަމަށެވެ. 

އެމެރީ ބުނީ ބޭނުންވަނީ ހުރިހާ ފަރާތްތަކާއެކު ވެސް ރަނގަޅު ގުޅުމެއް ބާއްވަން ކަމަށާއި ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު ބުރަކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. އޭނާ ބުނީ މިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުން އާސެނަލްއަށް ފުރުސަތު ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެންމެ މުހިންމު ކަމަކަށްވާނީ އަލުން އަނބުރާ ޕްރިމިއާ ލީގުގަައި އެންމެ މޮޅު ޓީމަށް އާސެނަލް ހަދައި އެ ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިދިނުން ކަމަށެވެ. އޭނާ ބުނީ އެހެން ބޮޑު ކްލަބްތަކުގައި ވެސް މަސައްކަތްކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް މިއީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށެވެ. 

އެމެރީ އާސެނަލްގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ 22 އަހަރު ވެސް އެ ޓީމަށް އިރުޝާދުދިން އާސެން ވެންގާ އެމަގާމު ދޫކޮށްލަން ނިންމުމާއި ގުޅިގެންނެވެ. ވެންގާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރީ ބުނީ އޭނާ ކްލަބްގައި ކޮށްފައިވާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި ދުނިޔޭގެ ހުރިހާ ކޯޗުންނަށް ވެސް ވެންގާއަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. އެގޮތުން ފުޓްބޯޅައިގައި އޭނާގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި ވެންގާއަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާން ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް އެމެރީ ބުނެފައިވެއެވެ. 

1998 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ވެސް ޗެމްޕިއަންސް ލީގުގައި އާސެނަލް ވާދަކުރަމުން އައި ނަމަވެސް މިދިޔަ އަހަރާއި މި ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ފުރުސަތު ލިބިފައެއް ނުވެއެވެ. ހަމައެހެންމެ އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ވެސް މި ދެ ސީޒަނުގައި ފުރުސަތު ލިބިފައެއް ނުވެއެވެ. 

އެމެރީ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ ސެވިއްޔާ އަދި އަލްމޭރިއާ އާއި ވެލެންސިއާގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ވެސް އިރުޝާދުދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް