19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މެމްބަރު އަހުމަދު މަހްލޫފް

ގާޒީ ބަދަލުކުރަން އެދި ފޮނުވި ސިޓީއާ ގުޅިގެން މަހްލޫފް މައާފަށް އެދެން ޖެހިއްޖެ

 • އެ ސިޓީ މީޑިއާތަކަށް ދިނިން: މަހްލޫފް
 • މަހްލޫފް ދައްކަވާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ގާޒީ
 • މަހްލޫފްގެ މައްސަލަ ބެލުމުގައި ގާޒީ އެއްވެސް މަސްލަހަތެއް ނެތް، އޮންނަ އުސޫލުން ކޯޓުން ހަވާލު ކުރީމައި ބަލަނީ: ގާޒީ
މުހައްމަދު ފަޒީން | phaxyn

| 24 މެއި 2018 | ބުރާސްފަތި 16:13 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މެމްބަރު އަހުމަދު މަހްލޫފް -- ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅޭ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އެދި އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީ މީޑިއާތަކާއި ހިއްސާކޮށް، އެސިޓީގައި މަހްލޫފް ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން މައާފަށް އެދެންޖެހިއްޖެ އެވެ. 

މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވެ، މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން، ހިނގާފައިނުވާ ކަމެއް ހިނގާފައިވާ ކަމަށްބުނެ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށްބުނެ، ދައުލަތުން މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރަމުންދާ ގާޒީ އަލީ އާދަމް ބަދަލުކޮށްދިނުމަށް އެދި މަހްލޫފް ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް އާރިފްއަށް ސިޓީއެއް ފޮނުވާފަ އެވެ. 

ނަމަވެސް އެ މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލްކުރި އަޑުއެހުމަށް މަހްލޫފް ހާޒިރުކުރިއިރުވެސް އެސިޓީގެ ޖަވާބު ލިބިފައިނުވާ ކަމަށް މަހްލޫފް ވަނީ ރާއްޖެއެމްވީއަށް ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުން ފެށުމާއެކު މަހްލޫފް ވިދާޅުވީ މިމައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން ކޯޓުގައި އެދިފައިވާ ކަމަށެވެ. 

މަހްލޫފް އެގޮތަށް ވިދާޅުވުމާއެކު، ގާޒީ އަލީ އާދަމް ވިދާޅުވީ މަހްލޫފް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު މިމައްސަލަ ބަލާ ސެކްޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައިވާ އެއްޗެއް ނޭނގޭ ކަމަށާއި އެ ސިޓީ ފެނިފައިވެސް ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންނަމަވެސް ގާޒީ ވަނީ ބައެއް މީޑިއާތަކުގައި އެ ސިޓީގައިވާ ވާހަކަތައް ކަމަށް ބުނާ ޚަބަރުތަކެއް އިއްވާފަ އެވެ. އަދި މަހްލޫފް އަރިހުން އެއީ މަހްލޫފް ދީފައިވާ މައުލޫމާތުތޯ އެއްސެވުމުން މަހްލޫފް ވިދާޅުވީ އެ ސިޓީ މީޑީއާތަކަށް ހިއްސާ ކުރެއްވި ކަމަށެވެ.

މަހްލޫފްގެ އެ ސިޓީއާ ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކަށް ރިޔާއަޔަތްކޮށް ގާޒީ އަލީ އާދަމް ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި ރައްޔިތުންނަށް އޮޅޭގޮތަށް މީޑިއާގައި މައުމޫލާތު ނުފެތުރުމަށް ގާޒީ އެންގެވި އެވެ. އަދި އެއީ ކޯޓާއި ޝަރީއަތުގެ ހުރުމަތް ކެނޑުންކަމަށާއި އަދި ޝަރީއަތަށް ނުފޫޒު ފޮރުވުން ކަމަށެވެ. 

މީގެއިތުރުން ގާޒީ ވިދާޅުވީ މަހްލޫފް މިމައްސަލަ ބެލުމުގައި ގާޒީ އަލީ އާދަމްގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ. މިމައްސަލަ ބައްލަވަނީ އޮންނަ އުސޫލުގެ ތެރެއިން ގާޒީ އާ ހަވާލު ކުރުމުން ކަމަށްވެސް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ. އަދި މަހްލޫފް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އިސްގާޒީ ގޮތެއް ނިންމަވާ، މައްސަލަ ގާޒީ އަލީ އާދަމްގެ އަތްޕުޅުން ނެންގެވުމަށް ނިންމައިފިނަމަ ވަގުތުން މައްސަލަ ހަވާލުކުރައްވާނެ ކަމަށްވެސް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ޝަރީއަތާއި ކޯޓުގެ ހުރުމަތް ކެނޑުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް މަހްލޫފަށް އިލްތިމާސްކޮށް، އަންގާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި އެކަމަށް މައާފަށް އެދުމަށް ގާޒީ ވިދާޅުވުމުން މަހްލޫފް ވިދާޅުވީ އެ ސިޓީ މީޑިއާއަށް ހިއްސާކުރެވުނީތީ މައާފަށް އެދޭ ކަމަށާއި ނަމަވެސް ހައްގެއް ހޯދުމަށް ހުށަހަޅާފައިވާ އެސިޓީއަކީ މައާފަށް އެދެންޖެހޭ ސަބަބެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

މިމައްސަލާގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން އޮތީ ދައުލަތުން ހުށަހެޅި ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. ނަމަވެސް މަހްލޫފް ވިދާޅުވީ މިމައްސަލާގައި ކުރިއަށް މިދަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށާއި މިމައްސަލައިގެ ލިޔެކިޔުންތައް ވީވެސް ކުރިން މިމައްސަލައަށް އައްޔަން ކުރެއްވި ވަކީލުންގެ އަތުގައި ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ލިބިފައިނުވާތީ، އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ. 

ދައުލަތުން ވެސް އެކަމަށް އިއުތިރާޒު ނުކުރުމުން ގާޒީ އަލީ އާދަމް ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހުގެ 11:00ގައި އޮންނާނެ ކަމަށް ވިދާޅުވުމަށްފަހު، ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައްވާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް