17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

  • ޕަޕޯ ވަނީ ޗެލްސީގެ 18 އަހަރުންދަށުގެ ކެޕްޓަންކަން ކޮށްފަ
  • އޭނާ ވަނީ ގާނާގެ 20 އަހަރުންދަށުގެ ޓީމަށް 2 މެޗު ކުޅެފައި
ނާފިއު ރަޝީދު | NaphiuR

| 11 ޖެނުއަރީ 2017 | ބުދަ 23:20 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ނިއު ރޭޑިއަންޓަށް މި ސީޒަނަށް ގެނައި ގާނާ ޑިފެންޑަރު ޕަޕޯ -- ފޭސްބުކް

ނިއުރޭޑިއަންޓަށް ގެންނަން ނިންމާފައިވާ ގާނާގެ ޑިފެންޑަރު ޑެނިއަލް މިލްސް ޕަޕޯ އެޓީމާ ގުޅުމަށްޓަކައި ބުދަ ދުވަހު މާލެ އަތުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ޕަޕޯ ވަނީ ޗެލްސީގެ 18 އަހަރުންދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ގާނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ދެ މެޗު ކުޅެދީފައިވާ ޕަޕޯ އެންމެ ފަހުން ކުޅެފައި ވަނީ އިންގްލެންޑުގެ ހަތަރުވަނަ ޑިވިޝަނުގެ ކްރޯލީ ޓައުން އެފްސީ އަށެވެ.

ޗެލްސީގެ ޔޫތު ޓީމަށް 2006 އިން 2013 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ޕަޕޯ ވަނީ 2010 އަދި 2011 ވަނަ އަހަރު ޔޫތު އެފްއޭކަޕްގައި ވާދަކުރި ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ދެ ފަހަރެއްގެ މަތިން ލިބުނު އަނިޔާއަކާ ގުޅިގެން ޕަޕޯ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުނު ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސް 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޗެލްސީގެ ޔޫތު ޓީމަށް ކުޅެފަ އެވެ.

ޗެލްސީގެ ސީނިޔާ ސްކޮޑުގައި 2013 އިން 2014 އަށް ހިމެނުނު ނަމަވެސް އެ ދެ ސީޒަނުގައި ވެސް އޭނާ ލޯން އުސޫލުން ކުޅުނީ ތިން ވަނަ ޑިވިޝަނުގެ ކޮލްޗެސްޓާ ޔުނައިޓެޑާއި ކިންގްސްޓޯނިއަން އަށެވެ.

ޗެލްސީން އޭނާ ދޫކޮށްލުމުން ދެން ކުޅެފައި ވަނީ ބްރައިޓަން އެންޑް ހޯވް އަލްބިއޮން އަށް ކުޅުނެވެ. އޭގެ ފަހުން ވެސް އިނގިރޭސި ބައެއް ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅުމަށް ފަހު ޖަރުމަނުގެ ހަތަރު ވަނަ ޑިވިޝަނުގެ ބާލިނާ އޭކޭ އަށް ވެސް ވަނީ ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް