
| 11 ޖެނުއަރީ 2017 | ބުދަ 22:46 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރާއްޖޭގެ މަސް ބޯޓެއްގައި ރޯވެ އޮޔާދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރޭ ރޯވި މި ބޯޓުގައި 10 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑޯނީޝިއާގެ 9 މީހުން ކަމަށް ބޯޓުގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.
އީ- ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިބޯޑު އޮތީ ގދ. ތިނަދޫ ހުޅަނގުން 323 ނޯޓިކަލް މޭލް ބޭރުގަ އެވެ. އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް ވުރެ 43 ނޯޓިކަލް މޭލް ބޭރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއުފުން ބުނީ ބޯޓުގެ އެއްބައި މިހާރު އަޑިއަށް ގޮސްފައިވަ ކަމަށާއި ބޯޓުން އަދިވެސް ދުން އަރަމުންދާ ކަމަށެވެ. މިހާތަނަށް ބޯޓުން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވިއަން އެއާކްރާފްޓުން ދަނީ އެސަރަހއްދުގައި ހަރަކާތްތރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް