12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ވޭން ރޫނީ

މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!

  • އެވަޓަންއާއެކު ރޫނީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް
  • އޭނާ ބަދަލުވާނީ ވޮޝިންޓަންއަށް ނިސްބަތްވާ ޓީމެއް ކަމަށްވާ ޑީސީ ޔުނައިޓެޑަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 މެއި 2018 | ބުދަ 16:31 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ވޭން ރޫނީ -- ބީބީސީ

އެވަޓަންއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ވޭން ރޫނީގެ ޓްރާންސްފާގެ ކަންކަން މިހަފްތާގެ ތެރޭގައި ނިމިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މި ހަފްތާގެ ތެރޭގައި ރޫނީ ވޮޝިންޓަންއަށް ދަތުރުކުރުމަށް ނިންމާފައިވާއިރު އޭނާ ވަނީ ވޮޝިންޓަންއަށް ނިސްބަތްވާ ޑީސީ ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު ސީޒަން ނިމެންދެން ޑީސީ ޔުނައިޓެޑްއިން ވަނީ ރޫނީއަށް ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. އެވަޓަންއާއެކު ރޫނީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. އެމެރިކާގެ ޓްރާންސްފާ މާކެޓް ހުޅުވޭނީ ޖުލައި މަހުގައެވެ. އުމުރުން 32 އަހަރުގެ ރޫނީ ދޫކޮށްލުމަށް އެވަޓަންއިން ވެސް އެއްބަސްވާނެ ކަމަށް ބެލެވޭއިރު އޭނާ ޑީސީ ޔުނައިޓެޑާއެކު ސޮއިކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ބެލެވެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު ރޫނީ އެވަޓަންއާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. މި ސީޒަނުގައި އޭނާ އެ ޓީމަށް 11 ލަނޑު ޖަހައިދީފައިވާއިރު އެވަޓަންއާއެކު އޭނާއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. މި ސީޒަނުގައި ރޫނީ މިޑްފީލްޑަރެއްގެ ރޯލުން ފެނިގެންދިޔައިރު އޭނާއަށް ވަނީ ދަނޑު ބޭރުން ވެސް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މަސްތުގެ ހާލަތުގައި ކާރު ދުއްވުމުގެ ސަބަބުން އޭނާގެ ލައިސެންސް ދެ އަހަރު ދުވަސް ހިފަހައްޓާފައިވާއިރު މިފަދަ އެތައް ކަމެއްގެ ސަބަބުން އޭނާ އެހެން ގައުމެއްގައި ކުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެވަޓަންއާއެކު ރޫނީ ހަދާފައިވާ ކޮންޓްރެކްޓަގައި ބާކީ އެއް އަހަރު އޮތްއިރު އެ ކްލަބްގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި ހުރީ ވެސް ރޫނީއެވެ. އޭނާއަށް ހަފްތާއެއްގެ މައްޗަށް 150000 ޕައުންޑް ލިބޭއިރު އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ހަރަދުތައް ކުޑަކުރުމަށް ރޫނީ ވިއްކާލުމަށް އެ ޓީމުން ބޭނުންވެއެވެ.

ރޫނީ ޕްރިމިއާ ލީގަށް ތައާރަފް ވެގެންދިޔައީ އެވަޓަންއާއެކު ކަމަށްވާއިރު ދެވަނަ ފަހަރަށް އެ ޓީމު ދޫކޮށްލުން ވެގެންދާނީ އޭނާއަށް އުނދަގޫ ކަމަކަށް ކަމަށް ބެލެވެއެވެ. އަލުން އެނބުރި ރޫނީ އެވަޓަންއަށް ބަދަލުވިތާ އަދި އެއް އަހަރު ވެސް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް