26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

އާސެނަލްގެ ކޯޗުގެ މަގާމު

އާސެނަލްގެ ކޯޗަކަށް އެމެރީ ހަމަޖައްސައިފި

  • އެމެރީގެ ކެރިއަރުގައި އޭނާއަކީ ކާމިޔާބު ހޯދާ ކޯޗެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 މެއި 2018 | ބުދަ 16:25 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


އުނައި އެމެރީ -- ގެޓީ އިމޭޖާސް

އާސެނަލްގެ ކޯޗުގެ މަގާމަށް މިދިޔަ ދެ ސީޒަނުގައި ޕީއެސްޖީއަށް އިރުޝާދުދިން ސްޕެއިންގެ އުނައި އެމެރީ ހަމަޖައްސައިފިއެވެ.

އުމުރުން 46 އަހަރުގެ އެމެރީ އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވެފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ފްރާންސްގައި ބޭއްވި ބޮޑު ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އާސެނަލްއިން އައު ކޯޗަކު ހަމަޖައްސާފައިވަނީ 22 އަހަރަށްފަހު އެމަގާމުގައި ހުރި އާސެން ވެންގާ އެމަގާމު ދޫކޮށްލުމާއި ވިދިގެންނެވެ.

އާސެނަލްގެ ސީއީއޯ އިވާން ގަޒިޑިސް ވިދާޅުވީ އެމެރީގެ ކެރިއަރުގައި އޭނާއަކީ ކާމިޔާބު ހޯދާ ކޯޗެއް ކަމަށާއި އޭނާއަކީ ޔޫރަޕުގައި ޒުވާން ކުޅުންތެރިންނަށް އެންމެ އެކަށޭނެ ކޯޗު ކަމަށެވެ. ގަޒިޑިސް ވިދާޅުވީ އޭނާ ކުޅެނީ ވަރަށް މީހުން ބަލާ ހިތްވާ ޒާތުގެ ފުޓްބޯޅައެއް ކަމަށާއި މިއީ އާސެނަލްގެ ސްޓައިލާ ވެސް ގުޅޭ ފުޓްބޯޅައެއް ކަމަށެވެ. އޭނާއަކީ ޝައުގުވެރިކަމާއެކު ބުރަކޮށް މަސައްކަތްކުރާ ކޯޗެއް ކަމަށާއި އާސެނަލް ކުރިޔަށް ގެންދެވޭނެ ހުރިހާ ފެންވަރެއް އެމެރީގެ ކިބައިގައި ހުރި ކަމަށް ގަޒިޑިސް ވިދާޅުވިއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު އެމެރީ ބުނީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ބޮޑު ޓީމަކާއި ގުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އާސެނަލް އެންމެ ބޮޑަށް ކަމުދަނީ އެ ޓީމު ކުޅޭ ފުޓްބޯޅަ އާއި ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ ތާރީހުގެ މުހިންމު ސަފްހާއެއް ލިޔުމުގެ ފުރުސަތު އޭނާއަށް ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި މި ޒިންމާ އަދާކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

އެމެރީގެ ކުރިން މިމަގާމާއި ހަވާލުވާނެ ކަމަށް ބޮޑަށް ބެލެވުނީ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު އަދި އާސެނަލްގެ ކުރީގެ ކެޕްޓަން މިކެލް އާޓެޓާއެވެ. އެހެން ނަމަވެސް އާޓެޓާ ވަނީ ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އާކުރުމަށް ނިންމާފައެވެ. އެމެރީއަކީ އިނގިރޭސި ބަހުން އެންމެ ފުރިހަމައަށް މުއާމަލާތްކުރަން އެނގޭ ކޯޗެއް ނޫނެވެ.

ޕީއެސްޖީގެ ކޯޗެއްގެ ގޮތުގައި ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ޓީމަށް އެމެރީ 109 މެޗުގައި އިރުޝާދު ދީފައިވާއިރު އޭގެތެރެއިން 86 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 12 މެޗުން އެއްވަރުވިއިރު ބާކީ 11 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެމެރީ ވަނީ ޕީއެސްޖީއަށް ހަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ.

އެމެރީ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ ސެވިއްޔާ އަދި އަލްމޭރިއާ އާއި ވެލެންސިއާގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ވެސް އިރުޝާދުދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް